ހަމަނުޖެހުން ބޮޑުވެ އެއްވެސް ފޮއްޓެއްގެ ވޯޓު މިއަދު ނުގުނަން ނިންމައިފި

ހަމަނުޖެހުން ބޮޑުވެ އެއްވެސް ފޮއްޓެއްގެ ވޯޓު މިއަދު ނުގުނަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2021 03:45
0

ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށްމަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020 ގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށްޓަކައި ބައެއް ދާއިރާތަކުގެ ވޯޓު ފޮށި އަލުން ގުނަން މިއަދު ހަމަޖެއްސި ނަމަވެސް ހަމަނުޖެހުން ބޮޑުވެ މިއަދު އެއްވެސް ވޯޓު ފޮއްޓެއް ނުގުނުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިލެކްޝަނުން ވަނީ މިއަދު އެއްވެސް ފޮއްޓެއް ނުގުނުމަށް ނިންމައި، މައްސަލަތައް ހުރި ފޮށިތައްވެސް ފަހުން ގުނުމަށް ނިންމާފައެވެ. އަދި ގުނުމަށް ހަމަޖެހިފައިވާ ވަގުތެއް ފަހުން އިއުލާން ކުރުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އިލެކްޝަން ކޮމިޝަނުން ދަނީ މިއަދު ކުރިއަށްދިޔަ ކަންތައްތަކާއި ގުޅިގެން މިއަދު ހަވީރު 16:30 ގައި ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ނިންމާފައެވެ.

އިލެކްޝަނުން މަސައްކަތް ކުރަމުން ދިޔައީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020 ގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށް ބޭނުންވާތީ މިހާތަނަށް ފާހަނގަވެފައިވާ ދާއިރާތަކުގެ ވޯޓު ކަރުދާސް ގުނުން މިއަދު 13:30 ގައި އިންތިޚާބާއި ބެހޭ މަރުކަޒުގެ ރީ- ރަޖިސްޓްރޭޝަން ހޯލުގައި ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެސަރަހައްދުގައި ހިނގަދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން މިހާރު ވަނީ ވޯޓު ގުނުން މަޑު ޖައްސާލަފައެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ރޭ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާފައެވެ. އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަކަމުގެ ކަންބޮޑުވުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންވަނީ ވަނީ ކޮށްފައެވެ. އެކޯލިޝަނުން ބުނެފައިވަނީ މާލޭގެ ބައެއް ދާއިރާތަކާއި އަތޮޅު ތެރޭގެ ބައެއް ދާއިރާތަކުގެ ނަތީޖާތައް އޮޅުވާލުމަށްޓަކައި ސަރުކާރުން މަސައްކަތް މަސައްކަތް ކުރަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދުރެއްސަ
ޑިމޮކްރަސީ ނެތަސް އޮތަސް ތިޔާކަން ދަނީކުރިޔައް