އިލެކްޝަންގެ މައި އިދާރާ ކައިރިއަށް ދިޔަ ސަބަބު ނަޝީދު ހާމަކުރައްވައިފި

އިލެކްޝަންގެ މައި އިދާރާ ކައިރިއަށް ދިޔަ ސަބަބު ނަޝީދު ހާމަކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2021 03:26
0

މިއަދު އިލެކްޝަން ކޮމިޝަން ކައިރީގައި ހިނގައިދިޔަ ހަމަނުޖެހުމުގައި، މަޖިލިސް ރައީސް އިލެކްޝަން ކޮމިޝަންގެ އިންތިޚާބީ މަރުކަޒަށް ވަޑައިގެންވި ސަބަބު ހާމަކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށްމަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020 ގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށްޓަކައި ބައެއް ދާއިރާތަކުގެ ވޯޓު ފޮށި އަލުން ގުނުމަށް އިލެކްޝަނުން ނިންމުން އިދިކޮޅު ކޯލިޝަނަށް ނިސްވަތްވާ ގިނަ ބަޔަކު ވަނީ އިލެކްޝަންގެ އިންތިޚާބީ މައި އިދާރާ ކައިރިއަށް އެއްވެފައެވެ.

އަލުން ވޯޓު ގުނުމަށް އިލެކްޝަނުން ކުރަމުންދާ މަސައްކަތާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކޮށް އިލެކްޝަން ކޮމިޝަންގައި ކައިރީގައި އިިދިކޮޅު ސަޕޯޓަރުން ތިއްބައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެސަރަހައްދަށް ވަޑައިގެންފައެވެ. އަދި ނަޝީދު ވަނީ އެސަރަހައްދުގައި އެކި ދިމަ ދިމާލަށް ކޮޅުކޮޅަށް ހިންގެވުމަށްފަހު އާންމުންގެ ނުރުހުން ބޮޑުވުމުން އެސަރަހައްދު ދޫކުރައްވައި ވަަޑައިގެންފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިލެކްޝަން މައި މަރުކަޒަށް ދިޔައީ ވޯޓު ގުނުން ކުރިއަށް ގެންދަނިކޮށް އިލެކްޝަންގެ މައި އިދާރާއަށް އިދިކޮޅު ލީޑަރުންނާއި، ސަޕޯޓަރުން ވަދެ 30 މިނިޓް ވީއިރުވެސް ނުނިކުތުމުން ކަމަށެވެ.

އަޅުގަނޑު އިލެކްޝަން ކޮމިޝަންގެ އިދާރާ ދޮށަށް ދަންޖެހުނީ ޓީ-4 ގެ ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރު ވެފައިވަނިކޮށް ޕީޕީއެމްފެ ލީޑަރ އައި އިސްވެރިން އިލެކްޝަން ކޮމިޝަން އިދާރާ އަށް ވަޑައިގެން 30 މިނިޓް ވީއިރުވެސް ނުނިކުންނެވީމަ. އޮފިޝަލުން ނޫން އެއްވެސް މީހަކަށް އިލެކްޝަން ކޮމިޝަން އިދާރާއަށް ވަޑައިގެން ނުވާނެ. އަޅުގަނޑު ހުރީ ބޭރުގައި.

– ނަޝީދު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ބައެއް ވޯޓު ފޮށިތައް މިއަދު ގުނަން ނިންމި ނަމަވެސް ހަމަނުޖެހުންތަކާއި ގުޅިގެން މިހާރުވަނީ މިއަދު އެއްވެސް ފޮއްޓެއް ނުގުނަން ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.