ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން އަލުން ގުނުމަށް ކުރަމުންދިޔަ މަސައްކަތްތަކާއި ގުޅިގެން މަޖިލިސް ރައީސް އިންތިޚާބީ މަރުކަޒަށް ވަޑައިގެން ކުރެއްވި މަސައްކަތް ނާޔާމިޔާބުވެ އާންމުން ނަޝީދު އިންތިޚާބީ މަރުކަޒުން ބޭރުކޮށްލައިފިއެވެ.
ނަޝީދު އިންތިޚާބީ މަރުކަޒަށް ވަޑައިގަތުމާއިއެކު މަޝްރުހު ހޫނުގެ ފުލުހުން ވަނީ ޕެޕާސްރޭވެސް ބޭނުން ކޮށްފައެވެ. އަދި އާންމުން ވަނީ ނަޝީދު އެސަރަހައްދު ދޫކޮށް ދިއުމަށް ގޮވާލަމުންނެވެ. ނަޝީދަކީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓަކަށް އަދި މަންދޫބަކަށް ނުވާއިރު، އަދި ދައުލަތުގެ އެއްބާރުގެ ވެރިއަކަށްވާއިރު ނަޝީދު އިންތިޚާބީ މަރުކަޒަށް ވަޑައިގަތުމުން އާމުންގެ ރުޅިވެރިކަން އިންތިހާއަށް ވަނީ ގޮސްފައެވެ.
ރޯދަމަހުގެ ފުރަތަމަ ދުވަހު ނަޝީދުގެ އަމަލުތައް ހުރި ގޮތަކީ އަމިއްލަ ވެރިކަން ވެއްޓުނު ދުވަހު އުޅުއްވިފަދަ ގޮތެއްކަމަށް އެސަރަހައްދުގައި ތިބި އާންމުން ވަނީ ބުނެފައެވެ. ނަޝީދުއަށް އެސަރަހައްދުން ބޭރުކޮށްލާފައިވަނީ އާންމުންގެ ބޮޑު ޕްރެޝަރަކާއި ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ