ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ނިމުނުތާ 3 ދުވަސް ވެގެންދާއިރުވެސް ވަގުތީ ނަތީޖާ އިއުލާނުުނުކޮށް ލަސްކުރަމުންދާތީ އިދިކޮޅު ކޯލިޝަނުން އިންތިޚާބީ މައިމަރުކަޒު ކައިރީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
އިދިކޮޅު ގިނަ އަަދަދެއްގެ ބަޔަކު ދަނީ އިންތިޚާބީ މަރުކަޒު ކައިރީގައި މުޒާހަރާ ކުރަމުންނެވެ. ގިނަ ބަޔަކު ގޮވާލަމުންދަނީ ވޯޓު އޮޅުވާލަން ޖާގަ ދީގެން ނުވާނެކަމަށެވެ. އިންތިޚާބީ މަރުކަޒުގައި ހިނގަމުންދާ ހަމަނުޖެހުން އިތުރަށް ހޫނުވެގެން ގޮސްފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބީ މަރުކަޒަށް ވަޑައިގެން އެތަނުގެ ތެރެއަށް ވަނުމާއި ގުޅިގެންނެވެ.
މިވަގުތު މަސްރަހު ފެނިގެންދަނީ ވަރަށް ހޫނުކޮށެވެ. ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ޕެޕާސްޕްރޭޖަހަމުންނެވެ.
ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށްމަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020 ގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށްޓަކައި ބައެއް ދާއިރާތަކުގެ ވޯޓު ފޮށި އަލުން ގުނަން ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއިވަނީ މިއަދުއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށްމަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020 ގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށް ބޭނުންވާތީ މިހާތަނަށް ފާހަނގަވެފައިވާ ދާއިރާތަކުގެ ވޯޓު ކަރުދާސް ގުނުން މިއަދު 13:30 ގައި އިންތިޚާބާއި ބެހޭ މަރުކަޒުގެ ރީ- ރަޖިސްޓްރޭޝަން ހޯލުގައި އިންތިޚާބާއި ބެހޭ މަރުކަޒުގައި ބޭއްވުމަށް ނިންމާފައިވާކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ