ރޯދަމަހު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9-12 އަށް

ރޯދަމަހު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9-12 އަށް

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2021 01:23
0

ރަމަޟާންމަހު މާލެ ސަރަޙައްދުގައި ވެކްސިން ދިނުން ކުރިއަށްދާނީ ރޭގަނޑު 21:00އިން ފެށިގެން 23:00އަށް ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ހެލްޕް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފައިވަނީ މާލެ ސަރަޙައްދުގައި ވެކްސިންދޭ ހުރިހާ ސެންޓަރުތަކުގައިވެސް ވެކްސިން ދިނުން ކުރިއަށްދާނީ ރޭގަނޑު 21:0 އިން ފެށިގެން 23:00 އާއި ހަމައަށްކަމަށެވެ. މި ބަދަލަކީ ރަމަޟާންމަހަށް ގެނައި ބަދަލެކެވެ. މީގެ ކުރިން ހެނދުނު 10:00 އިން މެންދުރުފަހު 03:00 އާއި ހަމައަށް ވެކްސިން ދިނުން ކުރިއަށްގެންގޮސްފައިވެއެވެ.

މާލޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް އާއި ދެވަނަ ޑޯޒް ދިނުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. މިމަހުގެ 3 ވަނަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށުމާއެކު އަނެއްކާވެސް ކިއުތައްވަނީ ދިގުވެފައެވެ. މިވަގުތު މާލެ ސަރަޙައްދުގައި 7 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްގެންދެއެވެ. އެއީ ސޯޝަލް ސެންޓަރ، ނޭޝަނަލް އަރޓް ގެލަރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ސެނެހިޔާ އަދި ޓްރީ ޓޮޕް ހޮސްޕިޓަލްއެވެ. ޓްރީޓޮޕް ހޮސްޕިޓަލް ޚާއްސަކޮށްފައިވަނީ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންދާ މީހުން ވެކްސިން ކާޑު ގެންދަން ޖެހޭނެއެވެ. ވެކްސިން ޖަހަންދާ މީހުން އިތުރަށް ސަމާލްކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި އައިޑީ ކާޑް ގެންދިއުމާ، ވެކްސިން ޖަހަންދާއިރު ކޯވިޑް ބަލީގެ އަލާމާތެއް ނެތްކަން ކަށަވަރުކުރުމާ، ވެކްސިން ޖަހަން ދާއިރު ކައިގެން ހުރުމާ، ބޮޑު ބައްޔަކަށް ފަރުވާކުރާ މީހެއްނަމަ އެކަމުގެ ލިއުންތައް ގެންދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.