ރައްޔިތުން ބަސް އިއްވީ ރައީސް ޔާމީން މިނިވަން ކުރުމަށް: ޝުޖާ

ރައްޔިތުން ބަސް އިއްވީ ރައީސް ޔާމީން މިނިވަން ކުރުމަށް: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2021 01:17
0

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރައްޔިތުން ނިންމާފައިވާ ނިންމުމަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ހުޅުމާލޭގެ ފުރަތަމަ ކައުންސިލަރު ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވަނީ ރަށު ބަންދުގައި ކެމްޕެއިން ކުރުމުގެ ފަރުސަތު ބުލިބި، ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާތައް ނުލިބި ބޭއްވި އިންތިޚާބު ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެތަކެއް ގޮންޖެެހުންތަކާއިއެކުވެސް ބޭއްވުނު އިންތިޚާބުގައި ޕީޕީއެމްއިން ވަނީ އެމްޑީޕީގެ އެންމެ ބޮޑު މެޖޯރިޓީއެއް އަބަދުވެސް އޮންނަ މާލެ ސިޓީގެ ސާފު އައުލަބިއްޔަތު ހޯދާފައެވެ. މާލެ ސިޓީއަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުން ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ.

މި ނަތީޖާތަކާއި ގުޅިގެން ޝުޖާ ވިދާޅުވީ ރައްޔިތުންގެ ނިންމުން ރައްޔިތުން ނިންނީ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށެވެ. ރައްޔިތުން ގޮތް ނިންމީ ރައީސް ޔާމީން މިޤައުމަށް ގެނެސްދެއްވި ތަރައްޤީ އަލުން އިޔާދަ ކުރަންކަމަށާއި، އެކަން ކުރުމަށް ދިވެހި ރައްޔިތުން ނިންމާފައިވާ ނިންމުމަށް އިހުރާމުކޮށް، ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ސިޔާސީ ހުކުމުން އެމަނިކުފާނު މިނިވަން ކުރަންޖެހޭކަމަށް ޝުޖާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުން ރައްޔިތުން ބަސް އިއްވައިފި. ރައްޔިތުން ގޮވާލަނީ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް. ރައްޔިތުން ވޯޓު ދެއްވީ ރައީސް ޔާމީންގެ ބިނާ ކުރަނިވި ފިކުރަށް. ރައްޔިތުން ވޯޓު ދިނީ ރައީސް ޔާމީންގެ ޕާޓީ ރަމްޒުކޮށްދޭ ރުކަށް.

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާއަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ޕީޕީއެމްއިން މާލޭގައި ހިންގާ ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެއް ބޭފުޅާއެވެ. އަދި އެކި ފަހަރުމަތީން ޝުޖާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޖަލުގައިވެސް ބަންދުކޮށްފައެވެ. ނަމަވެސް ޝުޖާ ބުނެފައިވަނީ ޖަލަށް ލިޔަސް އަނިޔާ ކުރިޔަސް އިންސާފު ލިބެންދެން ހަރަކާތްތައް ހުއްޓާނުލާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭބެ
ބޮޑުވަގަކު މިނިވަންކުރަން ބޯހަމަޖެހޭސިކުޑި ހަމަޖެހޭ މީހަކު ވޯޓެއްނުދޭނެ! މޮޔަނުގޮވާބަލަ!