މަޖިލީހާއި ސަރުކާރު އޮވެ މިހެންމިވީ ކީއްވެތޯބާލާނެކަމަށާއި، ނަމަވެސް މިއީ މިޑްޓާމްގައި ލިބުނު ބޮޑުކާމިޔާބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މަޖިލިސްގެ ސުޕަމެޖޯރިޓީއަކާއި، ސަރުކާރު އޮވެ އެމްޑީޕީއަށް މާލެ ސިޓީއާއި އަދި ރާއްޖޭގެ ބޮޑުތެ ބައެއް ދާއިރާތައް ގެއްލުނު ސަބަބު ބަލައި ހޯދާނެކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މާލެ ސިޓީން ބަލިވެފައިވަނީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް އެންމެ އެކަށީގެންވާ ގޮތަށް ނުބެލިގެންކަމަށެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ މައްސަލައާއި، ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތަކާއި، ލޮކްޑައުންގައި އެޅި ފިޔަވަޅުތަކަކީވެސް ފާހަގަކޮށްލެވޭ ކަންތައްތަކެއްކަމަށެވެ. އަދި ހަމައެހެންމެ ބޯހިޔާވަހިކަމުގެ މައްސަލައަލީ ފާހަގަކޮށްލެވޭ ކަމެއްކަމަށާއި، އެކަން ހައްލު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މާލެއަށް އައި ބަދަލާއި ދޭތެރޭގައި ޖެހޭ ވިސްނަން. ކަންބޮޑުވުން ހުރިކަން ފާހަގަވެއްޖެ. މާލެ ސިޓީއާއި ހުރިހާ ރަށްތަކަށް ކަންބޮޑުވުންތަކާއި އހުސާސްތައް ދެނެގަނެ އެކަން ހާސިލް ކުރުމުގައި ދެމި އޮންނާނެ. މި އިންތިޚާބުގައި ލިބުނު އެންމެބޮޑު ކާމިޔާބީއަކީ އިންތިޚާބުގެ 35 އިންސައްތަ އަންހެނުން ހިމެނުން. ކަންކަން ނިންމުމުގައި ވީހާވެސް ބޮޑަކަށް ދެޖިންސުގެ ހަމަހަމަށް ގެންގުޅުމަށް. މިހާތަނަށް އައިރު އެމްޑީޕީއަށް 43 ޕަސެންޓު. 92 ޕަސެންޓް ގުނި އިރު 49 ޕަސެނޓް ވަނީ އެމްޑީޕީއަށް ކާމިޔާބް ކުރެވިފަ. މިޑްޓާމް އިލެކްޝަނެއްގައި މިހާތަނަށް ސަރުކާރުގައި އޮތް ބަޔަކަށް މިވަރުގެ ކާމިޔާބެއް ހާސިލެއް ނުލިބޭ.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މައްސަލަތައް ދެނެގަނެ މައްސަލަތައް ހައްލު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށެވެ. އަދި ޚިދުމަތް ދިމުގައި އޮތީ ކޮން ކައުންސިލެއްތޯ ނުބަލައި އެމީހުންނަށް ދޭންޖެހޭ ބާރުދީގެން ކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ