އިންތިޚާބު ނާކާމިޔާބުވީ ބޯހިޔާވަހިކަމުގެ ސިޔާސަތު ކޯލިޝަންތެރޭ ތާށިކޮށްފަ ބޭއްވުމުން: ބޮންޑެ

އިންތިޚާބު ނާކާމިޔާބުވީ ބޯހިޔާވަހިކަމުގެ ސިޔާސަތު ކޯލިޝަންތެރޭ ތާށިކޮށްފަ ބޭއްވުމުން: ބޮންޑެ

Author
މުޙައްމަދު ޖިމީ
12 އޭޕްރިލް 2021 11:17
0

ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވުން ގުޅެނީ ރައްޔިތުން ގެދޮރުވެރިކުރުވަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ކޯލިޝަންތެރޭން ތާށިކޮށްގެން ގެންގުޅުމުގެ ނަތީޖާއާއިކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝިދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އަބަދުވެސް އޮންނަ މާލެ ސިޓީ ކައުންސިލް އެމްޑީޕީއަށް ގެއްލި ވަރަށް ބޮޑު ނާކާމިޔާބީއަކާއި އެޕާޓީން ކުރިމަތިލާން ޖެހުމުން ޕާޓީގެ ސިޔާސަތުތަކާއި، ސަރުކާރުގެ ސިޠާސަތުތަކަށް އެމްޑީީޕީގެ އިސް ބައެއް ފަރާތްތަކުން އަންނަނީ ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝިދު (ބޮންޑެ) ވިދާޅުވީ، މާލޭ ވޯޓުގެ ނަތީޖާ ބިނާވެފައިވަނީ ކުދި ބިންކޮޅަށް ގޯތި ދޫކުރާ ވެށިފަހިމާލޭ ޕްރޮގްރާމް މާލޭ ރައްޔިތުން ގެދޮރުވެރިކުރުވަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ކޯލިޝަންތެރޭން ތާށިކޮށްގެން ގެންގުޅުމުގެ ނަތީޖާގެ މައްޗަށެވެ.

އެމްޑީޕީއަށް އިންތިޚާބު ނާކާމިޔާބުވުމުގައި ސަރުކާރު ކޯލިޝަންގެ އަސަރުވެސް ކޮށްފައިވާކަމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. އެމްޑީޕީއަށް މާލޭގެ ސިޓީ ކައުންސިލްގެ ގޮނޑިތައް ގެއްލުނުއިރު، އައްޑޫ ކައުންސިލްގެ ސުޕަ މެޖޯރިޓީވެސް ވަނީ އެމްޑީޕީއަށް ގެއްލިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.