ސަރުކާރުގެ އިސް ބޭފުޅުން ނިސްބަތްވާ ބައެއް ރަށްތަކުންވެސް އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއް

ސަރުކާރުގެ އިސް ބޭފުޅުން ނިސްބަތްވާ ބައެއް ރަށްތަކުންވެސް އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއް

Author
މުޙައްމަދު ޝަޒައިމް
12 އޭޕްރިލް 2021 05:39
0

މިމަހުގެ 10 ވަނަ ދވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތި ލާންޖެހިފައިވާއިރު، ސަރުކާރުގެ މުހިންމު ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ނިސްބަތްވާ ދާއިރާތަކުން އެމްޑިޕީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތި ލާން ޖެހިއްޖެއެވެ.

މިގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލަންޖެހޭ އެއް ދާއިރާއަކީ، ސަރުކާރުގެ ހައުސިންގ މިނިސްޓަރ އަސްލަމް ނިސްބަތްވާ ދާއިރާއިން އެމްޑިޕީއަށް ކުރިމަތިލާންޖެހުނު ބޮޑު ނާކާމިޔާބީއެވެ.

އަސްލަމް ނިސްބަތްވާ ފަރެސްމާތޮޑާއަކީ، ކައުންސިލަށް 5 މެމްބަރުން އިންތިޚާބު ކުރަންޖެހޭ ދާއިރާއަކަށް ވާއިރު، އެމްޑީޕީއަށް މި ރަށުން އެންމެ ގޮޑިއެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ފަރެސްމާތޮޑާގެ ކައުންސިލްގެ ގޮޑިއެއް އެމްޑީޕީއަށް ލިބިގެން ގޮސްފައި ނުވާއިރު، ފަރެސްމާތޮޑާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެއްވެސް ގޮޑިއެއްވެސް އެމްޑިޕީއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ފަރެސްމާތޮޑާއަކީ، އެރަށަށް ނިސްބަތްވާ ބައެއް ބޭފުޅުން ސަރުކާރުގެ މުހިންމު އިސް ބައެއް އެހެން މަގާމްތަކުގައިވެސް ތިއްބެވި ރަށެކެވެ.

ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅު ކަމުގައިވާ، ހުވަދޫ އޮތޮޅުގެ މުހިންމު ގިނަ ގޮޑިތަކެއް އެމްޑީޕީއަށް ގެއްލިގެން ގޮސްފައިވާއިރު، ސަރުކާރުގައި މުހިންމު މަގާމްތަކުގައި ތިއްބެވި އިސް ބައެއް ބޭފުޅުން ނިސްބަތްވާ ރަށްތަކުގައި އެމްޑިޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓުންވެސް ބައެއް ރަށްތަކުން ނެރެވިފައެއް ނުވެއެވެ.

މިގޮތުން، ފެނަކަ އެމްޑީގެ މަގާމުގައު ހުންނެވި އަހުމަދު ސައީދު ނިސްބަތްވާ ގދ. ވާދޫގެ ކައުންސިލަށް 5 މެމްބަރުން އިތިޚާބު ކުރަން ޖެހޭއިރު، މިރަށުގެ ކައުންސިލަށް ވާދަ ކޮށްފައިވަނީ، އެމްޑީޕީއަށް ނިސްބަތްވާ އެންމެ ކެނޑިޑޭޓެއްކަން ފާހަގަ ކޮށްލެވެއެވެ.

މުޅި ހުވަދު އަތޮޅަށް ބަލާއިރު، ގއ އަދި ގދގެ އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމުވެސް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. އަދި ބޮޑެތި ބައެއް ރަށްތައް ކަމުގައިވާ، ގދ. ގައްދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑިޕީއަށް ނެގިފައި ނުވާއިރު، އެރަށުން އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޮނޑިއެކެވެ.

ހަމަ އެފަދައިން، ގދ. ތިނަދޫގެ ފާއިތުވެދިޔަ ދެ ދައުރުގައިވެސް އެމްޑިޕީގެ ސާފު މެޖޯރިޓީ އޮތް ކައުންސިލެއް އޮތްއިރު، މި ފަހަރު އަލަށް، ޕީޕީއެމްއަށް ނިސްބަތްވާ 3 މެމްބަރަކު ވަނީ އެރަށުގެ ކައުންސިލަށް އިންތިޚާބު ވެފައެވެ. ހުވަދު އަތޮޅުގެ އެންމެ ބޮޑު އެއްރަށް ކަމުގައިވާ ގއ ވިލިގިލީގެ ކައުންސިލްގެ މެޖޯރިޓީވެސް ވަނީ އެމްޑީޕީއަށް ގެއްލިފައެވެ.

ރާއްޖޭގެ ބޮޑެތި ބައެއް އަތޮޅުތަކުން އެމްޑީޕީއަށް މުހިންމު ގޮޑިތައް ގެއްލިފައި ވާއިރު، މިހާތަނަށް އެމްޑީޕީން ދަމަހައްޓަމުންއައި އައްޑޫ ކައުންސިލްގެ ސާފު މެޖޯރިޓީ އެޕާޓީއަށް ގެއްލި، މާލޭޓޭ ސިޓީގެ މޭޔަރުކަމާއި ކައުންސިލް މެޖޯރިޓީވެސް ވަނީ އެޕާޓީއަށް ގެއްލި، ބޮޑު ނާކާމިޔާބީއަކާ ކުރިމަތި ލާން ޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

R Roomer
VOTE LAAFA MADUVES NUKOHLAA BECHEE MEE SEEDHAA HUVADHOO AH GASDHUGA DHIN LANDEH SEEDHAA ASLAM,HUSSAIN MOHAMED HENDHUNU 6 KUN DANVARU 2 EHTHAAN HEEDHKUREEE.MI HEN DIMAAVEE SEEDHAA ASLAM GE SABABUN.AHDHIVES MITHIBEE NUGUDAA FADA AZUMEHGA KKBK
S Suma
AllhamdhuLillah