މާލެ ސިޓީގެ މޭޔަރުކަން ބޮޑު ތަފާތަކުން މުޢިއްޒު ކާމިޔާބު ކުރައްވައިފި

މާލެ ސިޓީގެ މޭޔަރުކަން ބޮޑު ތަފާތަކުން މުޢިއްޒު ކާމިޔާބު ކުރައްވައިފި

Author
ޢަލީ އާދަމް
10 އޭޕްރިލް 2021 09:36
0

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ވާދަވެރި މާލޭ ސިޓީގެ މޭޔަރުކަމަށް، ޕީޕީއއެމްގެ ފަރާތުން ވާދަކުރެއްވި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.

މުއިއްޒު ބޮޑުތަފާތުން މި އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ، އޭނާއާއި ވާދަކުރެއްވި، ވެރިކަން ހިންގާ އެމްޑީޕީގެ ކެނޑިޑޭޓް އަނަސް އަބުދުއްސައްތާރާއި ވާދަ ކޮށްގެންނެވެ.

މިހާތަނަށް އާންމު ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، މުއިއްޒު އަށް 9300 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތް އިރު އަނަސް އަށް ލިބިވަޑައިގަތީ 5500 އަށް ވުރެ ގިނަ ވޯޓެވެ. ބާކީ ހުރިކަމަށް ދައްކަނީ، ބައެއް ރިސޯޓްތަކުގެ ވޯޓު ފޮށިތަކާއި ބައެއް ރަށްރަށުގައި ހުރި ވޯޓު ފޮށިތަކެވެ.

މި ވޯޓު ފޮށިތައް ގުނާ ނިމޭއިރު، ވޯޓުގެ ނަތީޖާއަށް ކުދިކުދި ބައެއް ބަދަލްތައް އަޔަސްވެސް މުޅި ނަތީޖާއަށް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، މާލެ ސިޓީގެ މެޖޯރިޓީވެސް އިދިކޮޅު ޕީޕީއެމްއިން ވަނީ ނަގާފައެވެ. މިގޮތުން، މާލެސިޓީގެ 12 ގޮޑިއެއް ޕީޕީއެއްއިން ކާމިޔާބު ކޮށްފައިވާއިރު، އެމްޑީޕީއަށް ވަނީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީވެސް ގެއްލިފައެވެ.

މިއީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބުކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި މާލޭގެ މޭޔަރުކަން، ޕީޕީއެމްގެ ބޭފުޅަކަށް ލިބިވަޑައިގަތް ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.