އަލިފާން ނިއްވުމަށް މަސައްކަތްކުރަނިކޮށް 60 ހާސް ލިޓަރުގެ ޑީސަލާއެކު ބޯޓު އަޑިޔަށް ހިނގައްޖެ

އަލިފާން ނިއްވުމަށް މަސައްކަތްކުރަނިކޮށް 60 ހާސް ލިޓަރުގެ ޑީސަލާއެކު ބޯޓު އަޑިޔަށް ހިނގައްޖެ

Author
ޢަލީ އާދަމް
10 އޭޕްރިލް 2021 06:44
0

މިއަދު ހަވީރު އަލިފާން ރޯވެގެން އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން ގެންދިޔަ ތެޔޮބޯޓް އަޑިއަށް ހިނގައްޖެއެވެ.

60،000 ލިޓަރުގެ ޑީސަލް ބަރުކޮށްގެން މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވީ ތެޔޮ އުފުލާ ދަގަނޑު ބޯޓެއްގަ އެވެ.

ބޯޓުގައި ރޯވި އަލިފާން ނިއްވާލުމަށް އެމްއެންޑީއެފުން މަސައްކަތްކުރަމުން ދަނިކޮށް ބޯޓު އަޑިއަށް ދިޔައީ އިރުއޮއްސި 18:27 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ބޯޓުަގއި އަލިފާން ރޯވި އިރު އޭގައި 4 މީހުން ތިބި ކަމަށާއި އޭގެތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ހާދިސާ ހިނގި އިރު ބޯޓުގައި ތިބި އެންމެން ރައްކާތެރިކަމާއެކު މިހާރު މާލެ ގެނެސްފައި ވާކަމަށާއި މި މީހުން މާލެ ގެނައީ އެސަރަހައްދުން ދަތުރުކުރި އެހެން އުޅަނދެއްގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ބޯޓުގައި ހުރި ތެޔޮ އަދި ލީކުވަމުން ނުދާކަމަށާއި ބޯޓުން އެއްވެސް ވަރަކަށް ތެޔޮ ލީކުވޭތޯ އެމްއެންޑީއެފުން ބަލަމުން ގެން ދާކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.