މިއަދު ކުރިއަށްދާ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާނެކަމަށް ބެލެވެނީ 40 އިންސައްތަ މީހުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިއިންތިޚާބުގައި މިހަތަނަށް ވޯޓު ލާފައިވަނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ މީހުންކަމަށެވެ. މިހާތަނަށް ވޯޓު ލާފައިވަނީ 17 އިންސައްލަ މީހުންނެވެ.
މިއީ އެއީ 44،026 ވޯޓެވެ. މިއީ ކުރީގެ އިންތިހާބުތަކާ އަޅާބަލާއިރު މަދު އަދަދެއް މި ނިސްބަތުން ބަލާއިރު އަންދާޒާކުރެވެނީ ވޯޓު ލާނީ 38-40 ޕަސެންޓް ކަމަށް. އެކަމަކު ވޯޓުލާ މީހުން ހަވީރު ވަގުތު އިތުރުވެދާނެ.
– ޝަރީފް ވިދާޅުވިއެވެ.
މިއަދު ހެނދުނު 7:00އިން ފެށިގެން ވޯޓުލުންވަނީ ފަށާފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތް ހިނގާ ރަށްރަށުގައި ވޯޓުލުމުގެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އިންޑިއާއާއި ސްރީ ލަންކާގައެވެ. މިއީ ނިސްބަތުން ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ދެޤައުމެވެ.
މިއަދު ވޯޓުލުން ފެށި ވަގުތު އެކި ސަބަބުތަކާހެދި ތިން ރަށެއްގައި ވޯޓްލުން ލަސްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެއީ މ.ރަތްމަންދުއާއި ވ.ތިނަދޫގައެވެ. ރަތްމަންދޫއާއި ތ.ވިލިފުށްޓެވެ. މިރަށްރަށުގެ ވޯޓުލުން ފެށޭނީ 8:30 ހާއިރުކަމަށް މަޢުލޫމާތު ލިބެއެވެ.
މި އިންތިޚާބުގައި 982 މެންބަރުން ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަން ހަމަޖެހިފައިވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިޚާބު ކުރާނެއެވެ.
ކޮމެންޓު ފޮނުވާ