މ. ރަތްމަންދޫ އަދި ވ. ތިނަދޫގައި ވޯޓުލާން ފަށާނީ 8:30 ގައި

މ. ރަތްމަންދޫ އަދި ވ. ތިނަދޫގައި ވޯޓުލާން ފަށާނީ 8:30 ގައި

Author
މުޙައްމަދު ޝަޒައިމް
09 އޭޕްރިލް 2021 06:13
0

މާދަމާ އޮންނަ ލޯކަލް ކަންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މ. ރަތްމަންދޫ އަދި ވ. ތިނަދޫގައި ވޯޓުލާ ގަޑިއަށް ބަދަލު ތަކެއް ގެނެސްފިއެވެ.

މާދަމާގެ އިންތިޚާބުގައި ވޯޓުލުމަށް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7 ޖަހާއިރުގައެވެ. ނަމަވެސް މ.ރަތްމަންދޫގައާއި، ވ. ތިނަދޫގައި ވޯޓުލާ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުން އެދެރަށުން ހަމަ ނުޖެހުމުން އިލެކްޝަނުން ވަނީ ކައިރިން އެހެންރަށްތަކުން އޮފިޝަލުން ހަމަޖައްސާފައެވެ.

އެހެން ރަށްތަކުން އޮފިޝަލުން ހަމަޖައްސަން ޖެހުމުން އެމީހުން އެދެރަށުގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:30 ގައެވެ. ވޯޓުލުން ފަށާ ގަޑިއަށް ބަދަލު ތަކެއް ގެނައި ނަމަވެސް ވޯޓުލުން ނިންމާ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަވީރު 5:00 އަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.