އައްލޮގެ އަމާޒަކީ ދާއިރާގެ ރައްޔިތުންނާއި ގުޅިގެން ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުން

އައްލޮގެ އަމާޒަކީ ދާއިރާގެ ރައްޔިތުންނާއި ގުޅިގެން ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުން

Author
މުޙައްމަދު ޝަޒައިމް
09 އޭޕްރިލް 2021 03:04
0

ބޯހިޔާވަހިކަމަކީ މާފަންނު ދެކުނު ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލައްވާ އަބްދުﷲ ނާސިރު (އައްލޮ) ވިދާޅުވެއްޖެއެވެ.

ސިޔާސީ ހިޔާލު ތަފާތުވުންތައް ހުރިނަމަވެސް ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތް ކުރަންޖެހޭނެކަމަށް އައްލޮ ވިދާޅުވިއެވެ. އެގޮތުން ބޯހިޔާވަހިކަން ފަދަ މުހިންމު މައްސަލަ ތަކުގައި އަވަށު އެންމެން އެކުގައި މަސައްކަތް ކުރަން އައްލޮ ގޮވާލެއްވިއެވެ.

ބޯހިޔާވަހިކަމަކީ މާފަންނު ދެކުނު ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމީ ދެބަސްވެވެން ނެތް ހަޤީގަތެއް. މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އަޑު އުފުލާ ވަކަލާތުކޮށް މަސައްކަތް ކުރާނަން. ދާއިރާގެ ރައްޔިތުންގެ ހުވަފެން ހަޤީގަތަކަށް ހެދުމަށް ކުރެވެން ހުރި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެން.

– އައްލޮ ވިދާޅުވިއެވެ.

އައްލޮ އިތުރަށް ވިދާޅުވީ ސިޔާސީ ހިޔާލުތަފާތު ވުމަކީ ބައިބައި ވާންވީ ކަމެއް ނޫން ކަމަށެވެ. އަވަށުގެ ކުރިއެރުމަށް އެންމެން އެކަތިގަނޑަކަށްވެ، އެންމެ އެކީގައި އެއްބައިވަންތަކާއިއެކު މިމަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ. އަދި މިކަމުގައި އެކަކު އަނެކަމަށް ވެދެންވެން އޮތް އެހީތެރިކަމެއް ދެއްވައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރަންޖެހޭކޮންމެ ކަމެއް ކުރުމަށް ސާބިތުވެ ހުންނާނެކަމަށް އައްލޮ ވިދާޅުވިއެވެ.

ދާއިރާއާއި މެދު އަޅުގަނޑުގެ އޮތް ތަސައްވަރު ހަގީގަތަކަށް ހަދަން ފުރުސަތެއް ލިބުން އެއީ އަޅުގަނޑުގެ އެދުން.

– އައްލޮ ވިދާޅުވިއެވެ.

ކެނޑިޑޭޓް ނަންބަރު 6 އަބްދުﷲ ނާސިރު (އައްލޮ) އަކީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ބޭފުޅެކެވެ. މާފަންނު ދެކުނަށް ވާދަކުރައްވާ އައްލޮ އަކީ ޖަމިއްޔަތުއް ފަލާހުގެ ބޯޑު މެމްބަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.