މިއަދު ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއަށް ސަރުކާރާއި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ދީގެން ރައްޔިތުންގެ ކަންކަމަށް ނުގެނެސްދެވުނު ތަސައްލީއެއް، ކައުންސިލް އިންތިޚާބު ކާމިޔާބުވެގެން ހޯދޭނެކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް ކަމުގައި އެމްޑީޕީގެ އެންމެ ފުރަޔަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
މާދަމާ ބާއްވާ ކައުންސިލް އިންތިޚާބާއި ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އިސްބޭފުޅުން ދައްކަމުންދާ ވާހަކަތަށް އިޝާރާތް ކުރައްވައި އިބްރާ ވިދާޅުވީ ކައުންސިލް އިންތިޚާބު ލިބުމުން ތަރައްޤީ ގެނުވި ރައްޔިތުންގެ ކަންކަން ފަސޭހައިން ވާނެކަމަށްބުނެ ދައްކާ ވާހަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަތަކެއް ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ސަރަކާރާއި، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީވެސް ރައްޔިތުން ދިނުމުން ވީހަމަ އެއްކަމެއްވެސް ނެތްކަމަށް އިބްރާ ވިދާޅުވިއެވެ.
އަދި މިއަދު ކައުންސިލް އިންތިޚާބު އެބޭފުޅުން ދައްކާވާހަތަކަށް ގަބޫލުކޮށް ރައްޔިތުން ދީފިނަމަ ކުރެވިނާނެ ބައެއް ކަންކަން އިބްރާ ވަނީ ހިއްސާ ކުރައްވާފައެވެ، އެގޮތުން މަޖިލީހުގައި ތިއްބެވި ބޭފުޅުން ސަރުކާރު އެއްފަރާތްކޮށް، މާލެއަށް ހިތުހުރި ގޮތެއް ހަދާނެ ފާނެކަމީ ކޮށްފާނެ ކަމެއްކަމަށް އިބްރާ ވިދާޅުވިއެވެ.
ސަރުކާރާއި، މަޖިލިސް އެކުގައި އެއް ޕާޓީއަކަށް ދީގެން ނުހޯދުނު މޮޅެއް، ސިޓީ ކައުންސިލް އަދި އެއްފަހަރު ދީގެން ރައްޔިތުންނަށް ވާނެ މޮޅެއް ނުވިސްނޭ. އެކަމަކު ވެދާނެ ކަމެއް ބުނެފާނަން. މަޖިލީހުގައި ތިބި މީހުން ސަރުކާރު އެކަހެރި ކޮށްފައި، މާލެއަށް ހިތުހުރި ގޮތެއް ހަދާފާނެ.
– އިބްރާ ވިދާޅުވިއެވެ.
ކައުންސިލް ވޯޓުލުން މާދަމާ ބާއްވާއިރު، ވެރިކަން ކުރާ އެމްޑީޕީން ބުނަމުން ދަނީ މި އިންތިޚާބަކީ ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެންވެސް އެޕާޓީއަށް މުހިންމު އިންތިޙާބެއްކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ބުނަމުންދަނީ ވެރިކަން ލިބި ބޮޑު ސުޕަ މެޖޯރިޓީއެއް މަޖިލީހުން ލިބުމުންވެސް ނުކޮށްދެވުނު ކަމެއް އެމްޑީޕީއަށް ކައުންސިލް ލިބުމުންވެސް ވާނެ ތަނެއް ނުފެންނަކަމަށެވެ.
ސަރުކާރަށް މިފަދަ ފާޑުކިޔުންތައް މިއަދު އިދިކޮޅު ފަރާތްތަކުން އަމާޒުވުމުގެ ބަދަލުގައި އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ފަރާތުން މާބޮޑަށް ދަނީ އަމާޒުވަމުންނެވެ. ވެރިކަން ލިބި އާރާއި ބާރު ލިބުމުން ރައްޔިތުންނަށް ވެވަޑައިގެނފައިވާ ވައުދުތައް ފުއްދުމުގެ ބަލުގައި ނިޒާމު ބަދަލުކޮށް ތިމާގެ ބާރުވެރިކަން ގަދަކުރަން މަސައްކަތް ކުރުން ނޫންކަމެއް އެމްޑީޕީ ތެރެއިން ކުރެވޭތަން ނުފެންނަކަމަށް އެޕާޓީގެ އިސް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ