އެމްޑީޕީގެ ކެމްޕެއިން ނިމުން ފާހަގަކުރުމަށް އިއްޔެ ރަސްދޫ ފަޅުމަތީގައި ސަފާރީއަށް އަރައި ދައުލަތުގެ ވެރިން މަޖާނެގުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޒަމްޒަމް ފާރިޝް ފާޑު ވިދާޅުވެއްޖެއެވެ.
ޒަމްޒަމް ފާރިޝް ވަނީ ކޯވީޑް-19އާއި ގުޅިގެން ރައްޔިތުން ރަށު ވަންދުގައި ބައިތިއްބައިގެން، އަދި އާއިލާމީހުންގެ ޖަނާޒާއަށް ނުދެވިފައި ތިއްބާ ދައުލަތުގެ ވެރިން ސަފާރީގައި މަޖާކުރަން ތިބުމަކީ އެއީ އިންސާނުންތޯ ސުވާލުކުރައްވާފައެވެ. ޒަމްޒަމް ވަނީ ދައުކަތުން ވައްކަންކޮށް، ރޭޕްކުރާ މީހުން ހިމާޔަތްކޮށް ދައުލަތުގެ ވެރިން މަޖާނަގަނީކަމަށްވެސް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
ރައްޔިތުމީހާ ރަށާއި، ގެތަކުގައި ހައްޔަރުކޮށްފައި، ގެއިން ނިކުތުމުން ޖޫރިމަނާކޮށްފައި، ޢާއިލާތައް ދުރުވެ، ރަށު ބަންދުވެ، މަރުވާ ތިމާގެ މީހުން ލޮލަށް ނުފެނި ވަޅުލެވި، ވަޒީފާތައް ގެއްލި، އަތްމަތި ހުސްވެ، ދަރަނިވެރިވެ، ވަންނާނެ ގެދޮރެއް ފުލެޓެއް ނެތި، ޢާއިލާ އެންމެން އެއް ކޮޓަރީގައި ނިދަން ޖެހި، ދައުލަތުގެ ބައިތުލްމާލުން މިލިއަނުން ވައްކަން ކުރާއިރު ފިޔަވަޅެއް ނޭޅި، ރޭޕް ކުރާ މީހުން ޙިމާޔަތް ކުރެވި، ފުރުވާލެވި، މިހެން ގޮސް އެތައް ކަމެއް ހިނގަމުން ދާއިރު ސަފާރީ މައްޗަށް އަރައި ނަށަން ކެރޭކަން… އެއީ ފަހެ އިންސާނުން ބާ!
ކޮޓަރީގައި ނިދަން ޖެހި، ދައުލަތުގެ ބައިތުލްމާލުން މިލިއަނުން ވައްކަން ކުރާއިރު ފިޔަވަޅެއް ނޭޅި، ރޭޕް ކުރާ މީހުން ޙިމާޔަތް ކުރެވި، ފުރުވާލެވި، މިހެން ގޮސް އެތައް ކަމެއް ހިނގަމުން ދާއިރު ސަފާރީ މައްޗަށް އަރައި ނަށަން ކެރޭކަން… އެއީ ފަހެ އިންސާނުން ބާ!
— ZamzamFarish – ޒަމްޒަމް ފާރިޝް (@ZamzamFarish) April 8, 2021
އެމްޑީޕީން ކެމްޕެއިން ނިންމުމަށް އިއްޔެ ރަސްދޫ ކައިރީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި މަޖިީހުގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ އިސް ބައެއް މީހުން ވަނީ ނަށައި މަޖާކޮށް ހަދާފައެވެ. މިކަމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ