މާދަމާ އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައ،ި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތެރެއިނ،ް އަންސާނާ ވެލާވަރު ރިސޯޓަށް ދިޔަ އިލެކްޝަންސްގެ އޮފިޝަލުން އެރަށަށް ނޭރުވި މައްސަލަ ހައްލުވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިންތިޚާބަށް ބޭނުންވާ ސާމާނާއެކު ވެލާވަރު ރިސޯޓަށް ދިޔަ ލެކްޝަންސްގެ އޮފިޝަލުން އެރަށަށް ނޭރުވުމުން އިއްޔެ ވަނީ އެ ރިސޯޓާއި ކައިރި ރަށަކަށް ފޮނުވާފައެވެ. ވެލާވަރު ރިޯޓްގައި ބަހައްޓާ ވޯޓުފޮއްޓަށް ވޯޓްލުމަށް61 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި އެމީހުންނަށް ވޯޓު ލެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް ޝަރީފް އިއްޔެ ވިދާޅުވެފައިވެއެވެ.
ނަމަވެސް ވެލާވަރަށް އިލެކްޝަންސްގެ އޮފިޝަލުން ނޭރުވީ ކީޢްވެގެންކަން ހާމަކޯށްފައިނުވިނަމަވެސް، ޝަރީފް ވިދާޅުވީ މިހާރު އެރަށަށް ނޭރުވި މައްސަލަ ހައްލުކޮށްފައިވާކަމަށެވެ.
Angsana resort ge massala hallu vehje, shukuran @AVelavaru https://t.co/SuvSBZUHKz
— Ahmed Shareef (@ShareefRangondi) April 8, 2021
އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނުގެ ދަށުން، އިލެކްޝަންސް ކޮމިޝަނުން ވޯޓުފޮށި ބަހައްޓާން ބޭނުންވާ ކޮންމެ ރަށެއްގައި ވޯޓުފޮށި ބެހެއްޓޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މިފަހަރުގެ އިންތިޚާބުގައިރާާއްޖޭގެ 173 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އިންތިޚާބު ކުރިއަށްދާނެ މަރުކަޒުތަކށް ބޭނުންވާ ހުރިހާ ވޯޓު ފޮށްޓަކާއި، ވޯޓު ފޮށި އަދި އެހެނިހެން ސާމާނު ރިސޯޓްތައް ފިިޔަވާ ހުރިހާ ރަށަކަށް މިހާރު ވަނީ ފޮނުވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މާދަމާގެ ނިޔަލަށް ރިސޯޓްތަކަށްވެސް އެތަނެކތި ފޮނުވާ ނިމޭނެކަމަށް ބުނެފައެވެ.
މިފަހަރުގެ އިންތިޚާބު ކުރިއަށްދާނީ ކޯވިޑް-19ގެ ސަބަބުން ބަލުން ރައްކާތެރިވުމަށް އެޗްޕީއޭގެ ޚާއްޞަ ފިޔަވަޅުތަކާއެކުއެވެ. އެހެންކަމުން މިފަހަރު ހުރިހާ ރިސޯޓެއްގައިވެސް ވޯޓު ލެވޭނެ އިންތިކޒާމް އެޗްޕީއޭގެ ގައިޑްލައިންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަންޖެހެއެވެ.
އެޗްޕީއޭއިން ވަނީ ވޯޓުލުމަށް ބޭނުންވާ ހުރިހާ އެންމެނަށް ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދަތުރުކުރެވޭނެ ގޮތް މިމަހުގެ11ގެ ނިޔަލަށް ހަމަޖައްސާފައެވެ. އެގޮތުން ކަރަންޓީގައި އޮތް ރަށަކަށްވެސް ވޯޓުލުމަށް ދެވޭނެއެވެ.
ކޮމެންޓު ފޮނުވާ