ވެރިކަމާއި މަޖިލިސް އެމްޑީޕީއަށް ލިބުމުން، އެމްޑީޕީގެ އަސްލު ސިފަ ފެނިއްޖެކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޖަލަށް ލާން ހުކުމް ކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދަށް ބަދަލު ކުރީ އެ ދެ މީހުން ގޭބަންދުގައި ބަހައްޓަން ޑޮކްޓަރުން ލިޔުން ދިނުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެފައިވާ ވިދާޅުވުމަށް އިޝާރާތްކުރައްވާ ޑރ.ޖަމީލް ވިދާޅުވީ، ވެރިކަމާއި މަޖިލިސް ލިބުމުން އެމްޑީޕީގެ އަސްލު ސިފަ ފެނިއްޖެކަމަށާއި، 2 ރައީސުން ވައްކަން ދިފާޢުކޮށް އަދީބު ފަދަ މުޖްރިމުން ހުދުކާފޫރަށް ހަދާފައިވާކަމަށެވެ. އެއީ ވަޒީރުން/ކުންފުނިތަކުގެ ވެރިން ނަގާ ނަމޫނާކަމަށާއި، ތިލަފަތުގެ އެއްކޮޅު ކެނެރީގެއަށް އަނެއްކޮޅު ސިއްކަގެއަށް ގެނބި ހިއްލާނުލެވޭވަރުވެއްޖެކަމަށް ވިދާޅުވެ ޖަމީލް ވަނީ ފާޑުވިދާލުވެފައެވެ.
ވެރިކަމާއި މަޖިލިސް ލިބުމުން އެމްޑީޕީގެ އަސްލު ސިފަ ފެނިއްޖެ. 2 ރައީސުން ވައްކަން ދިފާޢުކޮށް އަދީބު ފަދަ މުޖްރިމުން ހުދުކާފޫރަށް ހަދައިފި. އެއީ ވަޒީރުން/ކުންފުނިތަކުގެ ވެރިން ނަގާ ނަމޫނާ. ތިލަފަތުގެ އެއްކޮޅު ކެނެރީގެއަށް އަނެއްކޮޅު ސިއްކަގެއަށް ގެނބި ހިއްލާނުލެވޭވަރުވެއްޖެ
– ޑރ.މުޙައްމަދު ޖަމީލް އަޙްމަދު
ޑރ.ޖަމީލް މިހެން ވިދާޅުވެފައިވާއިރު، އަދީބާއި ޒިޔަތު ގޭބަންދަށް ބަދަލުކޮށްފައިވަނީ ސަރުކާރާއެކު ހަދާފައިވާ ޑީލެއްގެ ދަށުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
މީގެ އިތުރުން ވެރިކަމާއި މަޖިލިސް އެމްޑީޕީއަށް ލިބުމުން، އެމްޑީޕީގެ އަސްލު ސިފަ ފެނިއްޖެކަމަށް ޑރ.ޖަމީލް ވިދާޅުވިއިރު، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝިދު ދާދި ފަހުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިސަރުކާރަކީ ވައްކަން ކުރާ ސަރުކާރެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި ސަރުކާރާއި މަޖިލިސް އެމްޑީޕީއަށް ދީގެން މާބޮޑު ނަތީޖާއެއް ދެއްކިފައިނުވިނަމަވެސް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ދީފިނަމަ ނަތީޖާ ދައްކާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ