ފްލެޓް އަޅަން ގާފޮޅެއް ބާއްވާލެވުނަސް އަތްޖަހައިދޭން ދާނަން: ޝިޔާމް

ފްލެޓް އަޅަން ގާފޮޅެއް ބާއްވާލެވުނަސް އަތްޖަހައިދޭން ދާނަން: ޝިޔާމް

Author
ޢަލީ އާދަމް
09 އޭޕްރިލް 2021 07:50
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފްލެޓެއް އަޅަން ގާފޮޅެއް ބާއްވާލެވުނަސް ޕީޕީއެމްގެ މެންބަރުން އަތްޖަަހައިދޭން ދާނަން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި "މިއީ މަގޭ ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ބޯހިޔާ ވަހިކަމުގެ ވާހަކަ ދައްކަވަން ސަރުކާރުން ފުރަތަމަ އަންނަންވީ އެންމެ ފްލެޓެއް ނަމަވެސް އަޅާފައި ކަމަށެވެ. އަދި މިއަދު އެފުރުސަތެއް ނެތް ކަމަށާއި ރަައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ފްލެޓެއް އަޅަން ގާފޮޅެއްވެސް ބޭއްވިފައި ނުވާކަމަސް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި އެހުރީ ފްލެޓް އަޅައި ދީފަ، އެއީ އަދި ކޮތަރު ކޮއްޓަކަށް ވިޔަސް ހިނި ހޮރަކަށް ވިޔަން އަޅުގަނޑުމެން މި އެދެނީ އެތަންތަން ހަވާލުކޮށްދެއްވާށޭ. އެތަންތަން ހަވާލުކުރަން ދެއަހަރާއި ބައި ވާކަށް ނުޖެހެއޭ."

– ޝިޔާމް

ޝިޔާމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މިއަދުގެ ސަރުކާރަށް ކުޑަވެސް މަސައްކަތެއް ކުރެވިފައި ނެތީ އިޚްލާސްތެރި ނިޔަތެއް ނެތީމަ ކަމަށެވެ. އަދި ހަމައެކަނި މޮޅީ ދައްކާ ވާހަަކަ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"ދައްކާ ވާހަކަ ރީތިވެފައި މޮޅުވާނެ އަމަލުން ފެންނަނީ މުޑުދާރުކަން"

– ޝިޔާމް

ޝިޔާމް ވިދާޅުވީ އަދުގެ ސަރުކާރުގައި ތިއްބެވީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަކަށް ތަބާވާބައެއް ނޫންކަމަށާއި އެމީހުންގެ ހަމައެކަނި މަޤްސަދަކީ ރައްޔިތުންގެ ކިބައިން ބަދަލުހިފުން ކަމަށެވެ. އަދި އެމްޑީޕީގެ ވިސްނުމަކީ ހަމައެކަނި ދިވެހިން ނިކަމެތިކުރުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ވެރިކަމުގައި ތިބީ ހަގީގީ ބާޣީން ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

"ކޮންމެ ފަހަރަކު އިންތިޚާބެއް ކުރިމަތިވީމާ، ބާޣީން ބާޣީންނޭ ކިޔާފައި ކިޔާ ނަންތަކަކީ، ރައިސް މައުމޫންގެ ނަންފުޅު، ގާސިމް އިބްރާހިމްގެ ނަން އިމްރާންގެ ނަން. އެކަމަކު ކޮބައިތޯ މިއަދު މިބޭފުޅުންނާއެކީ’އެއްދާން' ކުރައްވަންށޭ ތިއްބެވީ"

– ޝިޔާމް

އެމްޑީޕީގެ މެމްބަރުންވެސް ސަރުކާރާމެދު ހިތްހަމަ ނުޖެހިގެން ވޯޓުލާން ނުނުކުންނަން ނުތިބެ، ހިތުގައި ހުރި ހުރިހާ އުދާހެއް ހޮނިހިރު ދުވަހު ލާ ވޯޓުން ދައްކާލައި، ގައުމުގެ ހާލަތު ބަދަލުކުރުމަށް ލިބޭ ފުރުސަތު ނަގާނުލުމަށް ޝިޔާމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
ސާބަސް