މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އުވާލާފައިވާކަމަށްބުނާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް، (އެމްޑީއެން) އިން ރައީސް ޞާލިހުއާއި ސަރުކާރަށް ރައްދުދީ އެމަނިކުފާނަށް މިއަދު ސިޓީއެއް ފޮނުވައިިފިއެވެ.
މިއަދު އެމްޑީއެން އިން ރައީސް ޞާލިހަށް އެޑްރެސްކޮށް ކޮށް ފޮނުވާފައިވާ ސިޓީއަކީ އެޖަމްއިއްޔާގެ ބާރުވެރިކަން ހޯދައި އިސްވެރިންނަށް ރައްކާތެރިކަން ދިނުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވާފައިވާ ސިޓީއެވެކެވެ. މިސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަކީ އިންސާނުގެ ހައްގުތަކަށް މަސައްކަތް ކުރާކަމަށް ބުނާ 30 ޖަމްއިއްޔާގެ ގޮވާލުންކަމަށްބުނެ އެޖަމްއިއްޔާގެ ނަންތައްވެސް އެސިޓީގައި ހިމަނާފައިވއެވެ.
ރައީސް ޞާލިހަށް ފޮނުވި ސިޓީގައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި މޯލްޑިވިއަން ޑިމެކޮރަސީ ނެޓްވަރކް (އެމް.ޑީ.އެން) އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުގެ ޤާނޫނީ ޙުއްޖަތު އަންގައިދިނުމަށް އެދިފައެވެ. ސިޓީ ފޮނުވާފައިވަނީ އެމް.ޑީ.އެން އަދި އެޖަމްޢިއްޔާގެ މުއައްސިސުންނާއި ދެކޮޅަށް ހިންގަމުންދާ ތަޙްޤީޤަކާއި ގުޅޭގޮތުން 10 މާރިޗު 2021 ވަނަ ދުވަހުގައި ރައީސް ސޯލިހު ދެއްކި ވާހަކަފުޅުތަކެއްގައި، ޤާނޫނީގޮތުން ހަމަނުޖެހޭ އަދި ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ހިމެނިފައިވުމާއި ގުޅިގެންކަމަށް ވަނީ ބުނެފައެވެ.
އެމް.ޑީ.އެން ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުގައި ސަރުކާރުން އުވާލާފައެވެ. އެޖަމްއިއްޔާއިން ބުނެފައިވަނީ ޖަމްއިއްޔާ އަށް ފިޔަވަޅު އަޅާފައިވަނީ އެމް.ޑީ.އެން އިން 2016 ވަނަ އަހަރުގައި ޝާޢިއުކުރި، ދިވެހިރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އޮތް މިންވަރު ދައްކުވައިދޭ ރިޕޯޓަކީ ދީނާ ޚިލާފު ރިޕޯޓެއްކަމުގައި ތުހުމަތުކޮށް 2019 ވަނަ އަހަރުގެ ފަހުކޮޅު ދީނީ ހަރުކަށި ބަޔަކު ހިންގާފައިވާ ކެމްޕޭނަކާއި ގުޅިގެންކަމަށެވެ. އަދި އެގޮތުން ދިވެހި ސަރުކާރުން އެވަނީ ހަރުކަށި ފިކުރުގެ ހަރަކާތްތަކަށް ޖާގަ ދީފައިކަމަށެވެ.
މިސިޓީގައި އެމް.ޑީ.އެން އިން އިންސާފު ހޯދުމަށް ފަށާފައިވާ ޝަރުޢީ މައްސަލައަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރެއްވުން ހުއްޓާލުމަށްވަނީ ގޮވާލާފައެވެ. އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމު ދީނަށް ތައުހީނުކުރުމުގެ ގޮތުން ފާޑުކިޔައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައި ވާކަމަށް ފުލުހުންގެ ތަހުޤީގަށް ހާމަވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ އެ އިދާރާއިން ކުރި ތަހުޤީގަށް އެމްޑީއެން ރިޕޯޓްގައި އިސްލާމު ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަން ފާހަގަވުމުން އެކަން ޔޫތް މިނިސްޓްރީއަށް އަންގާފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ