ހަތިޔާރު ހުރިކަމަށް ލިބުނު ރިޕޯޓަށް ހިންގި އޮޕަރޭޝަނުން ކުޅޭކުޅޭ ބަޑިއެއް

ހަތިޔާރު ހުރިކަމަށް ލިބުނު ރިޕޯޓަށް ހިންގި އޮޕަރޭޝަނުން ކުޅޭކުޅޭ ބަޑިއެއް

Author
ޢަލީ އާދަމް
08 އޭޕްރިލް 2021 03:43
0

ގެއެއްގައި ހަތިޔާރު ހުރިކަމަށް ލިބުނު ރިޕޯޓަކާގުޅިގެން ހިންގި އޮޕަރޭޝަނުގައި ފެނުނީ ކުޅޭކުޅޭ ބަޑިއެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ މި އޮޕަރޭޝަންގައި ސިފައިން އެހީތެރިވެދިނީ ފުލުހުން ހިންގި އޮޕަރޭޝަނެެއްގައި ސިފައިންގެ އެހީ އަށް އެދުމުން ކަމަށެވެ.

މުއިވެޔޮމަގު ސަރަހައްދުގައި ހިންގި މި އޮޕަރޭޝަންގައި ފުލުހުންނާއެކު ސިފައިން ހަރަކާތްތެރި ވެފައި ވަނީ ހަތިޔާރާވެސް އެކުގައެވެ.

ފުލުހުން ބުނީ ހަތިޔާރު ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި ނަމަވެސް ބަލައި ފާސްކުރި ގެއިން އެފަދަ އެއްވެސް އެއްޗެއް ނުފެނުމުން އޮޕަރޭޝަން ނިންމާލާފައިވާ ކަމަށެވެ.

ފުލުހުން ހިންގާ މިފަދަ ބައެއް އޮޕަރޭޝަން ތަކުގައި ސިފައިންގެ އެހީތެރިކަމަށް އެދުމުން މީގެކުރިންވެސް ފުލުހުންނާއެކު ސިފައިން ހަރަކާތްތެރި ވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.