ކޯވިޑް-19 އާއި ގުޅިގެން ރަށް ރަށަށް ދަތުރު ކުރުމާއި، ގްރޫޕް ހަދާފައި ދަތުރު ދިއުން މަނާކޮށްފައި ވަނިކޮށް ކުއްލިއަކަށް އެހުއްދަ ދޭން ނިންމީތޯ ޝައިޚު އަލީ ޒައިދުގެ ސުވަލެއް އެޗްޕީއޭއަށް އަމާޒު ކޮށްފިއެވެ.
އަލީ ޒައިދު މިފަދަގޮތަކަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ކައުންސިލް ކެމްޕެއިން ނިންމުމަށް މިރޭ ބާއްވާ އިވެންޓަށް އެޕާޓީގެ އިސްބޭފުޅުންނާއިއެކު އއ.ރަސްދޫއަސް ދިއުމަށް ދަތުރު ފަށާފައިވަތީ އެކަމާއި ގުޅުވައިގެންނެވެ. މިއަދު ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން 100 އަށް ވުގެ ގިނަ މީހުންނާއިއެކު ކަނޑު އުޅަދު ފަހަރުތަކުގައި ރަސްދޫއަށް ދިއުމަށް ވަނީ ދަތުރު ފަށާފައެވެ.
Mihaar group hadhaigen dhoanee ga rah rashah dhiyun huhdha thoa? @HPA_MV
— Ali Zaid (@alizaid1000) April 8, 2021
މިދަތުރުގައި ރައީސް ޞާލިހު ބައިވެރިވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 15:30 ގައެވެ. އަދި މިރޭ ވަނީ ކެމްޕެއިން ނިންމުމުގެ ބޮޑު ޖަލްސާ ރަސްދޫ ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ނިންމާފައެވެ.
އެމްޑީީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއިއެކު ދަތުރަށް ފުރާފައިވަނީ ހުޅުމާލެ ޖެޓީ ސަރަހައްދުންނެވެ. ދަތުރަށް ފުރާފައިވަނީ 9:30ގައެވެ.
އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ނިންމާލުމަށް “އާވިލުން ޖަލްސާ”ގެ ނަމުގައި ބާއްވާ މި ޖަލްސާގައި އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ބައެއް ކެންޑިޑޭޓުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ އަށް މާލެއިން ރަސްދޫ އަށް ވަޑައިގަންނަވާ ބޭފުޅުން އެ ރަށަށް ފައިބައިވަޑައިނުގަންނަވާއިރު، ރަސްދޫއަށް ވަޑައިގަންނަވާ ބޭފުޅުން އެރަށުގެ ބަނދަރުގައި ބޯސާޖަހާފައިވާ ދޯނިތަކެއްގައި ތިއްބަވައިގެން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިޖަލްސާ ދައުލަތުގެ މީޑިޔާއިން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު، މިޖަލްސާގައި ރައީސް ޞާލިހުއާއި، ރައީސް ނަޝީދުވެސް ވާހަކަ ދެއްލުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.
ކޮމެންޓު ފޮނުވާ