އަޅުގަނޑުމެންގެ ކަނާއަކީވެސް ރައްޔިތުންގެ ޝަކުވާ، މިއީ ޝަކުވާ އަޑުއަހާ ޕާޓީ: ނަޝީދު

އަޅުގަނޑުމެންގެ ކަނާއަކީވެސް ރައްޔިތުންގެ ޝަކުވާ، މިއީ ޝަކުވާ އަޑުއަހާ ޕާޓީ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
08 އޭޕްރިލް 2021 10:16
0

އެމްޑީޕީ އުފެދިގެން އައީވެސް ރައްޔިތުންގެ ޝަކުވާ އަޑުއަހައި، އެކަންކަމަށް ހައްލު ގެނައުމަށް ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ "ރަށްވެހި ފަތިސް" ކެމްޕެއިން ނިންމުމުގެ ރަސްމިއްޔާތަށް ރަސްދޫއަށް ނައްޓާލުމުމުގެ ކުރިން ހުޅުމާލޭ ބަނދަރު ސަރަހައްދުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ޕާޓީގެ ބޮޑުންނަށް ސަނާ ކިޔާނެ ޕާޓީއެއް ނޫންކަމަށެވެ. އެމްޑީޕީއަކީ ރައްޔިތުންގެ ޝަކުވާ އަޑުއަހައި ރައްޔިތުންގެ ހުރި މައްސަލަތަކަސް ހައްލު ގެނެސްދޭ ޕާޓީއެއްކަމަށެވެ.

މިއީ ބޮޑުންނަށް ތާއަބަދު ސަނާކިޔާނެ ޕާޓީ އެއްނޫން. ވެރިންނަށް ސަނާ ކިޔާ ޕާތީއެއްނޫން. މިއީ ޝަކުވާ އަޑުއަހާ ޕާޓީ. އަޅުގަނޑުމެންގެ ކާނާއަކީވެސް ރައްޔިތުންގެ ޝަކުވާ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިޚާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބު ކުރާނެކަމަށެވެ. ކައުންސިލް އިންތިޚާބުގައި އެމްޑީޕީން 1،500 އަށްވުރެ ގިނަ ގޮޑިއަށް ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން 1،000 ގޮޑި ކާމިޔާބު ކުރާނެކަމަށެވެ. ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ކައުންސިލް އިންތިޚާބުގައި އިންތިޚާބު ކުރުމަށް ކަނޑައެޅިފައިވަނީ 980 ކައުންސިލަރުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ މި އިންތިޚާބުގައި އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ސިޓީއެއް ކާމިޔާބު ކުރުންކަަމަށެވެ. އެގޮތުން އައްޑޫ ސިޓީ އިން ފެށިގެން ކުޅުދުއްފުއްޓާއި ދޭތެރޭގައި އޮތް 4 ސިޓީގެ މޭޔަރުގެ ގޮޑިއާއި، އެނޫން ގޮޑިތައްވެސް އެމްޑީޕީން ކާމިޔާބު ކުރާނެކަމަށެވެ. އަދި މިއިންތިޚާބު ފަސޭހަ ކަމާއިއެކު އެމްޑީޕީން ކާމިޔާބު ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Moosa
Abadhu ves dhogu hedhumaa dhogu mauloomaath fathuraa meeheh thee!
M Moosa
Mi meehunge kamakee hama ekani sh'akuwaa adu ehun tha? E sh'akuwaa ah a'malu kurun e ee adhi ehen bayaku kuran jehey kameh tha!
އ އައިސް
ހަސަންޓޭ ބަހައްޓާ ރައިބޮލި ތަޅުވަން..