ސްޕީރިއާ ދެ ކޯޓެއްގެ ފަނޑިޔާރުންގެ ސްލޫކީ މައްސަލައެއް ބަލަން ފަށައިފިއެވެ.
ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަމުންދަނީ ސިވިލް ކޯޓުގެ ޤާޒީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އާއި، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ މައްސަލަ އެކެވެ.
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އާއި ގުޅޭގޮތުން ބަލަމުންދާ މައްސަލައަކީ ސިވިލް ކޯޓުގައި ކުރިއަށްދިޔަ ޙުކުމް ތަންފީޒުގެ މައްސަލައެއް ނިންމެވީ އެއްވެސް ޚަސްމަކު ޙާޟިރުކުރުމަކާނުލައި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރު އާއި ގުޅޭ ގޮތުން ބަލަމުންދާ މައްސަލައަކީ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި، ޢަމަލު ކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ.
މިދެ މި މައްސަލައިގެ ތަޙްޤީޤް ކުރުމަށް ތަޙްޤީޤް ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ