އެމްއެންޑީއެފް ސަދަން އޭރިއާގައި ސަރވިސްކޯރގެ ކޮމްޕޯނެންޓެއް ޤާއިމުކޮށްފިއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ. ސާރވިސްކޯރގެ މިކޮމްޕޯނަންޓްގެ ބޭނުމަކީ ރައްޔިތުންނާއި ގާތުން އަވަސް ކަމާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަށް އޭރިއާގައި ހިންގާ ތަފާތު އޮޕަރޭޝަންތަކަށް، ބޭނުންވާ ލޮޖިސްޓިކް ސަޕޯރޓް ފޯރުކޮށްދިނުމެވެ.
މިއަދު ޤާއިމުކުރެވުނު ސާރވިސްކޯރ ކޮމްޕޯނަންޓްގެ ސަބަބުން އެމްއެންޑީއެފް ސަދަން އޭރިއާގައި ހިންގާ އޮޕަރޭޝަންތައް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. މިއީ ސިފައިންގެ އާ ކެޕްސްޓޯން ޑޮކްޓަރީން ގައިވާ ގޮތުގެ މަތިން، ސިފައިންގެ އަސްކަރީޤާބިލް އިތުރުކޮށް ރައްޔިތުންނާއި ގާތުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަގުޞަދުގައި ޤައިމްކުރެވުނު ޚިދުމަތެކެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރވިސްކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް އިބްރާހީމް ރަޝީދުގެ އިތުރުން ސަރވިސްކޯރގެ ގިނައަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވ.
ކޮމެންޓު ފޮނުވާ