ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެއްވެސް މީހަކު ހުރަސް ނޭޅުމަށް ޝަރީފް ގޮވާލައްވައިފި

ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެއްވެސް މީހަކު ހުރަސް ނޭޅުމަށް ޝަރީފް ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
07 އޭޕްރިލް 2021 02:42
0

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ގޮވާލައްވައިފިއެވެ.

އިންތިޚާބަށް ކުޑަތަންވަމުން އަންނައިރު އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބޭއްވުމަށް އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ކޯވިޑް-19ގެ ޙަލަތުގައި އިންތިޚާބު ކުރިއަށް ގެންދިއުމަށް ބޯޑެތި ގޮންޖެހުންތަކެއް ހުރިއިރު، ކޯވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު އެންމެ މިނިވަންކަމާއެކު އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ މޮނިޓަރިންގެ ޙާލަތުގައި އޮންނަ ރަށްތަކަށް ނުވަތަ މަދު ރިސޯޓުތަކުގައި ވޯޓު ފޮށި ނުބއްހެއްޓުމުން އެހެން ތަނަކަށް ވޯޓުލާން ދާނަމަ ކަރަންޓިން ވާންޖެހޭތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވޯޓާސް ލިސްޓްގައި ނަން އޮތްކަމުގައިވަނީނަމަ، ކޮންމެ ތަނަކުން އަޔަސް އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު އެމީހަކަށް ދޭނެކަމަށެވެ. ޝަރީފް މިއަދު ވަނީީ، ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ގޮވާލައްވާފައެވެ. އަދި ވޯޓުލުމަށް ރަޖިސްޓަރ ވެފައިވާ ތަނަކަށް ވޯޓުލާން ދިއުމުގެ ފުރުޞަތު ދިނުމަށްވެސް ޝަރީފް ވަނީ އެޗްޕީއޭއަށް އިލްތިމާސްކުރައްވާފައެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 273128 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.