ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ތަރުހީބު ކުޑަ، ރަޖިސްޓްރީ ވެފައިވަނީ 2،501 މީހުން

ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ތަރުހީބު ކުޑަ، ރަޖިސްޓްރީ ވެފައިވަނީ 2،501 މީހުން

Author
މުޙައްމަދު ޝަޒައިމް
07 އޭޕްރިލް 2021 01:05
0

ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލާ ދެ ޤައުމުގައި ވޯޓުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 2،501 މީހުންކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ސްރީލަންކާގައި ބަހައްޓާ ހަތަރު ވޯޓު ފޮއްޓަށް ރަރިޖިސްޓްރީ ކޮށްފައިވަނީ 2،059 މީހުންނެވެ. އަދި އިންޑީޔާގައި ބަހައްޓާ ވޯޓު ފޮއްޓަށް ރަޖިސްޓްރީ ކޮށްފައިވަނީ 442 މީހުންނެވެ. މިއާއިއެކު ރާއްޖެއިން ބޭރުގައި މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ޖުމްލަ އަދަދަކީ 2،501 މީހުންނެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ރާއްޖެއިން ބޭރުގައި މިފަހަރު ވޯޓުލުން ކުރިއަށްދާ ސްރީލަންކާގައާއި، އިންޑިޔާގައި ވޯޓުލާ މަރުކަޒުގެ ކަންކަން ބަލަހައްޓާ އޮފިޝަލުން މިއަދު ފުރާފައިވާކަމަށެވެ. އެގޮތުން އިންޑީޔާގައި ބަހައްޓާ ވޯޓު ފޮއްށީގެ ސެކިއުރިޓީ ބެލެހެއްޓުމަށާއި، އޮފިޝަލުންގެ ގޮތުގައި 11 މީހަކު ފޮނުވާފައިވާކަމަށެވެ. އަދި ލަންކާގައި ބަހައްޓާ 4 ވޯޓު ފޮށީގެ ސެކިއުރިޓީ ބެލެހެއްޓުމާއި، އޮފިޝަލުންގެ ގޮތުގައި 18 މީހަކު ފޮނުވާކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނަށެވެ. މީގެ ތެރޭގައި 5134 މީހުންނަކީ މިމަހުގެ 10ވަނަ ދުވަހާހަމަޔަށް 18 އަހަރު ފުރޭ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އޭޕްރީލް 10 ވަނަ ދުވަހާ ހަމައަށް 18 އަހަރު ފުރޭ އެންމެންނަށް މިއިންތިޚާބުގައި ވޯޓުލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.