މަނަދޫ ނެރު ފުންކުރުމާއި، ބޭރުތޮށި ލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

މަނަދޫ ނެރު ފުންކުރުމާއި، ބޭރުތޮށި ލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
07 އޭޕްރިލް 2021 01:09
0

ނ. މަނަދޫ އައު ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމުގެ ރަސްމިއްޔާތު  ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއަރމަން މުޙައްމަދު ފަހީމާއި، ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، މަނަދޫ ދާއިރާގެ މެމްބަރު  އަޙުމަދު ހާރޫނާއި، މަނަދޫ ކައުންސިލްގެ ރައީސް މުޙައްމަދު އުމަރު ބައިވެރިވެވަޑައިގެންނެވިއެވެ. ނ. މަނަދޫ އައު ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ ދަށުން، 038,29 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 290 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 2 މީޓަރު 244 މީޓަރުގެ ބްރިޖެއް އެޅުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މި ކުންފުންޏާއި ޙަވާލުކުރި މި މަޝްރޫޢު އަކީ 11.29 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 300 ދުވަސް ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.