މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގިނަ ޢަދަދެއްގެ މެންބަރުން ސަލާމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދުގެ ޖަލްސާއަށ 22 މެންބަރަކު ސަލާމް ވިދާޅުވެފައިވާކަމަށާއި، މަޖިލީހަށް ވަޑައިގަތީވެސް 22 މެންބަރުންކަމަށެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދުގެ ޖަލްސާއަށް ސަލާމް ވިދާލޫވީ22 މެންބަރުންގެ ތެރެއިން20 މެންބަރުންވަޑައިގަތީ އެ މެންބަރުންގެ ދާއިރާއަށްކަމަށެވެ.
މަޖިލީހުގެ މެންބަރުން ދާއިރާއަށް ކުރައްވާ ދަތުރުތަކަކީ މަޖިލީހުގެ ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ޢާންމު ކޮމިޓިން ވަނީ ކަނޑައަޅާފައެވެ. މަޖިލީހުގެ ރަސްމީ ދަތުރެއްކަމަށް ކަނޑައަޅަނީ އެ މެންބަރކު ލިޔުމުން މަޖިލީހަށް ހުށައެޅުއްވުމުންނެވެ. ނަމަވެސް ގިނަ މެންބަރުން ދާއިރާތަަކށް ވަޑައިގަތީ އެ ބަދަލު ޢާންމު ކޮމިޓީން ފާސް ނުކުރަނީސްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ރަސްމީ ދަތުރުގެ ގޮތުގައި، އެ އުސޫލުން ވަޑައިގަތީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުަސައިން (ބިގޭ)އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދުކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރެކޯޑު ޢަދަދަކަށް މެންބަރުން ސަލާމް ވިދާޅުވެފައިވާއިރު، މަޖިލީހުގައި ހިމެނޭ ޕާލިމަންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ ތެރެއިން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ފިޔަވައި އެހެން އެއްވެސް ޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރެއް މަޖިލީހުން ނުފެންނަތާ އެތައް ދުވަހެއް ވެފައިވާކަމަށް މަޖިލީހުގެ ރައީސް އިއްޔެ ވިދާޅުވެފައިވެއެވެ.
މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާއަކީ ރަމަޟާންމަހުގެ ކުރިން ބާއްވާ އެންމެ ފަހުގެ ޖަލްސާއެވެ.
ކޮމެންޓު ފޮނުވާ