ކޯވިޑް ވެކްސިން: ދެޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 7،900 އަށްވުރެ މައްޗަށް

ކޯވިޑް ވެކްސިން: ދެޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 7،900 އަށްވުރެ މައްޗަށް

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2021 11:08
0

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ރާއްޖޭގައި ޖެހި މީހުންގެ އަދަދު 7،951 އަށް އަރައިފި އެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 7،900 އަށްވުރެ މައްޗަށް ގޮސްފައިވަނީ މިއަދު ދެވަނަ ޑޯޒް ޖެހި 2،198 މީހުނާއެކުއެވެ. މިއަދު މާލެ ސަރަހައްދުން 2،116 މީހުނަށް އަދި އަތޮޅުތެރެއިން 82 މީހުނަށް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ވަނީ ޖަހާފައެވެ.

މިއަދު ރާއްޖޭގައި ވަނީ 4،742 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒްވެސް ޖަހާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 376 މީހުންނާއި އަތޮޅުތަކުން ވެކްސިންޖެހި 4،366 މީހުންނެވެ. އެހެންކަމުން ރާއްޖޭގައި މިހާތަނަށް 255،881 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފަ އެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ޖަހައިދިނުން ކުރިއަށްގެންދެ އެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ވެކްސިންގެ ދެވަނަޑޯޒް ދިނުން ކުރިއަށްގެންދަނީ ސޯޝަލް ސެންޓަރުގެ އިތުރުން، ނޭޝަނަލް އާޓްގެލެރީ، ހުޅުމާލޭ ވެކްސިން ސެންޓަރ، އަދި ސެނެހިޔާގައި ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ހަމައަށެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރު 2:00 އާ ހަމައަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ޖަހައިދެނީ ރައްޔިތުންގެ މަޖިލީހުގައި ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރާއި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.