މ.އަތޮޅުގެ ތަރައްޤީއާއި ގުޅިފައިވާ މީމު އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށައިފި

މ.އަތޮޅުގެ ތަރައްޤީއާއި ގުޅިފައިވާ މީމު އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2021 02:02
0

މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށައިފިއެވެ.

މީމު އަތޮޅުގެ ތަރައްޤީއާއި ގުޅިގައިވާ އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަންއާއި، މ. މުލި ކައުންސިލްގެ ރައީސް އަޙުމަދު ޝާތިރު އާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގައި ސޮއިކުރެވުނީ 28 ފެބްރުއަރީ 2021 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭ އަކާއި އޭޕްރަންއެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 733.221 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.