މަޖިލީހުގައި ހިމެނޭ ޕާލިމަންޓްރީ ގްރޫޕްތަކުގެ ލީޑަރުން އެއްގޮތަކަށްވެސް ނުފެނޭ

މަޖިލީހުގައި ހިމެނޭ ޕާލިމަންޓްރީ ގްރޫޕްތަކުގެ ލީޑަރުން އެއްގޮތަކަށްވެސް ނުފެނޭ

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2021 12:25
0

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕާލިމަންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ ތެރެއިން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ފިޔަވައި އެހެން އެއްވެސް ޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރެއް މަޖިލީހުން ނުފެންނާތީ އެކަމުގެ ކަންބޮޑުވުން މަޖިލިސް ރައީސް ކުރައްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ ޓްރާސްޕޯޓް އޮރިޓީ އުވާލައި ޓްރާސްޕޯޓް މިނިސްޓްރީ ދަށަށް އެ އޮތޯރިޓީ ގެންދިއުމަށް ހުށަހެޅިފައިވާ ބިލަށް ވާހަކަ ދައްކަވާނެ މެމްބަރަކު ނެތުމުން ކަންބޮޑުވުން ފާޅުކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ އެކި ޕާޓީތަކުގެ ޕާލިމަންޓްރީ ގްރޫޕްތަކުގެ ލީޑަރުންނަކީ މަޖިލީހުގައި މުހިންމު ދައުރެއް އަދާލުކުރެއްވޭނެ ބޭފުޅުންތަކެއް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ ލީޑަރު ފިޔަވައި އެހެން ޕާޓީތަކުގެ ޕީޖީ ލީޑަރުން އެއްގޮތަކަށްވެސް މަޖިލީހުން ނުފެންނަކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވަނީ މަޖިލީހުގައި ހިމެނޭ ޕާލިމަންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ ތެރެއިން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް އާއި، ޖުމްހޫރީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޤާސިމް އިބްރާހިމް އާއި، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އެއްގޮތަކަށްވެސް ނުފެންނަކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އަޅުގަނޑަށް އެބަ ފާހަގަކުރެވޭ، ޕީޕީއެމްގެ މެމްބަރުން، ޚާއްސަކޮށް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެލީޑަރު ވަރަށް މަދުން އަޅުގަނޑަށް މިފެންނަނީ. ޖުމްހޫރީ ޕާޓީގެ ލީޑަރުވެސް ހަމަ އެއްގޮތަކަށްމެ މިތަނުން، ދޮޅު އަހަރެއްހާ ދުވަސް މިވަނީ އަޅުގަނޑަށް މިތަނުން ނުފެންނަތާ. އެމްޑީއޭ އަދި އެއީ ބޭހަކަށްވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ވުރެވެސް ތަދު.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވަނީ މީގެ ކުރިންވެސް މެމްބަރުންނާއި، މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުން މަޖިލީހަށް ވަޑައި ނުގަންނަވާ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާ އެވެ. ކޮމިޓީ އެލަވަންސް އަށް 20،000 ރުފިޔާ އަދި ލިވިން އެލަވަންސްއަށް 20،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. ކޮމިޓީ އެލަވަންސް ލިބިވަޑައިގަންނަވާނީ ކޮމިޓީތަކުގައި ބައިވެރިވެވަޑައިގަންނަވާނަމަ އެވެ. އެ ގޮތުގެ މަތިން މެންބަރަކަށް މަހު 82،500 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.

ނަމަވެސް ކޯވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ ރާއްޖޭގެ އިގްތިސާދު ހުއްޓި، ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ހަރަދުތައް ކުޑަކުރުމުގެ ގޮތުން މަޖިލީހުގެ މެންބަރުންގެ މުސާރަތައް މި ޖުލައި މަހާ ހަމައަށް ކުޑަކުރިއެވެ. ނަމަވެސް މިހާރުވަނީ އަލުން މުސާރަ އިޔާދަކޮށް ބޮޑު މުސާރަ ލިބޭ ގޮތަށް ބަދަލު ކޮށްފައެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން އެކުލަވާލި މަޖިލީހުގެ އާ ގަވާއިދުގައި ވަނީ މެންބަރުން ހާޒިރު ނުވާ ޖަލްސާތަކަށް މެންބަރުންގެ މުސާރައިން އުނިވާ ގޮތަށް ހަދައިފަ އެވެ. އެ ގޮތުން 50 ޕަސެންޓް ޖަލްސާއަށް ހާޒިރު ނުވެއްޖެނަމަ މުސާރައިން 50 ޕަސެންޓް އުނިވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.