ލޮލަށް ނުފެންނަ ފްލެޓެއް ޖައްވުގައި އަޅާފަތޯ ފްލެޓް ދޫކޮށްލަން ތިކިޔަނީ: ހީނާ 

ލޮލަށް ނުފެންނަ ފްލެޓެއް ޖައްވުގައި އަޅާފަތޯ ފްލެޓް ދޫކޮށްލަން ތިކިޔަނީ: ހީނާ 

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2021 10:48
0

މިސަރުކާރުން މިހާތަނަށް ބޯހިޔާވަހިކަމަށް އެއްވެސް ފްލެޓެއް އަޅާފައި ނުވާއިރު، ހިޔާ ފްލެޓުން ލިބިފައިވާ ފްލެޓް ދޫކޮށްލަން ބުނަމުންދަނީ ކޮންތާކު އަޅާފައިވާ ފްލެޓެއް ހޯދަންތޯ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫޢުގެ ފަންނީ ކެޓެގަރީގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުންނާއި، ޓީޗަރުންނާއި ސިވިލް ސަރވިސް ކެޓެގަރީން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން، ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން އެކަން އެންގުމަށް ހައުސިން މިނިސްޓްރީން އިއުލާން ކުރުމާއި ގުޅިގެން ހީނާ ވިދާޅުވީ ރައީސް ލިބިފައިވާ ފްލެޓެއް ދޫކޮށްލަން ބުނަމުންދަނީ ކޮންތާކު އަޅާފައިވާ ފްލެޓެއް ދިނުމަށްތޯ ސުވާލު އުފައްދާފައެވެ.

މިއަދު މިކަން ކުރަމުނދަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފްލެޓްތައް އެޅުމުގެ ކުރިން ފްލެޓް ލިބޭނެކަމަށް ވައުދުވެ އެވާހަތައް ދެއްކުމުން އެކަމަށް ޖޯކުޖެހި މީހުންކަމަށެވެ. އަދި މިއަދު ފްލެޓެއް ދިނުމުގެ ވާހަކަ މިސަރުކާރުން ދައްކާއިރު، މިސަރުކާރަށް މިހާތަނަށް އެޅުނު އެއްވެސް ފްލެޓެއް ފެންނަން ނެތްކަމަށް ހީނާ ވިދާޅުވިއެވެ. އެހެންކަމަށްވުމުން މިހާރު ލިބިފައިވާ ފްލެޓްތައް ދޫކޮށްލަންވީ މިސަރުކާރުން ޖައްވުގައި އަޅާ ފްލެޓްތައް ލިބޭނެކަމަށް އުންމީދުކޮށްގެންތޯ ހީނާ ވަނީ ސުވާލު އުފައްދަވާފައެވެ.

މިއީ ރައީސް ޔާމީން ވެރިކަމުގައި ލޮލަށް ނުފެންނަ ވުޖޫދުގައި ނެތް ފްލެޓްތަކެއްވެސް ލިޔުމުން ދިންކަމަށްބުނެ މިއަދާއި ހަމައަށްވެސް އެވާހަކަ ދައްކަމުންދިޔަ މީހުން! މިހާރު ތަނަވަސް ތިން ކޮޓަރީގެ ފްލެޓް ޖައްވުގައި އަޅާފަތޯ ފަންނީ މީހުންނަށް ލިބުނު ފްލެޓް ދޫކޮށްލަން ތިޔަ ކިޔަނީ.

– ހީނާ ވިދާޅުވިއެވެ.

ހިޔާ ފްލެޓް ދޫކޮށްލާ މީހުންނަށް ކުރިއަށް ހުރި މަޝްރޫޢުތަކުން ފްލެޓް ލިބޭނެކަމުގެ ޔަޤީންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަމަހުގެ 31 ވަނަ ދުވަހުއެވެ. މަޖިލީހުން ފާސްކޮށްފައިވަނީ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ފްލެޓްދޫކޮށްލުމަށް އެދޭ ފަރާތްތަަކަށް، ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެކަށޭނެ ފްލެޓް ލިބޭނެކަމުގެ ޔަޤީންކަން ދިނުމަށް ސަރުކާރަށް ހުށައެޅުމަށެވެ.

އެމަޝްރޫޢުގެ ދަށުން ހިމެނިފައިވާ ނަރުހުންނާއި ޑޮކްޓަރުންނަށް ޚާއްޞަ ކެޓަގަރީން ފެލްޓޭ ލިބުމަށް ޝަރުތު ހަމަވެ ފެލެޓް ލިބޭނެކަމަށް މިހާރު ސަރުކާރުން ކަނޑައަޅާފައިވާގޮތަށް މަޝްވަރާކުރުމަށްފަހު މިހާރު ލިބިފައިވާ ފްލެޓް ދޫކޮށްލުމަށް އެދޭ ފަރާތްތަަކަށް ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ އެކިއެކި ގިންތިތަކުގެ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެފަރާތްތަކަށް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށް އެންމެ އެކަށޭނެ ގިންތިއަކުން ފެލެޓް ނުވަތަ ހައުސިން ލިބޭނެކަމުގެ ޔަޤީންކަން ދިނުމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

k kekeke
dhuniyeyn beyrah kiyavan fonuvi kudhinnah fennaane ebunaa flat thah.