މިނިސްޓަރ ޝާހިދުގެ ހަމްދަރުދީގެ މެސެޖެއް އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރަށް

މިނިސްޓަރ ޝާހިދުގެ ހަމްދަރުދީގެ މެސެޖެއް އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރަށް

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2021 09:51
0

އިންޑޮނޭޝިއާގެ އިރުމަތީ ނުސާ ޓެންގަރާ ޕްރޮވިންސަށް ބިންގަނޑު ކަނޑައިގެން ދިޔުމާއި ފެންބޮޑުވުމާގުޅިގެން އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ރެޓްނޯ މަރްސުދިއަށް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝަހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

އިރުމަތީ ނުސާ ޓެންގަރާއަށް ކުރިމަތިވި ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން އެތަކެއް ގެދޮރު ހަލާކުވެ، އެތައްބައެއްގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއްވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކީގައި ކަން މިނިސްޓަރުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މި ހިތާމަވެރި ހާދިސާގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށާއި އިންޑޮނޭޝީއާގެ ސަރުކާރަށް ހަމްދަރުދީ ފޮނުއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ހާލަތެއްގައި އިންޑޮނޭޝިއާ ރައްޔިތުން ކުރެއްވި ހިތްވަރު ފާހަގަކުރައްވާކަމުގައި މިނިސްޓަރ ޝަހިދުގެ މެސެޖުގައި ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.