ފެނަކައިން ފެން މީޓަރުން ނަގަމުން އައި 30ރުފިޔާގެ ފީ ކަނޑާލައިފި

ފެނަކައިން ފެން މީޓަރުން ނަގަމުން އައި 30ރުފިޔާގެ ފީ ކަނޑާލައިފި

Author
މުޙައްމަދު ޖިމީ
03 އޭޕްރިލް 2021 01:49
0

ފެނަކަ ކޯޕަރޭޝަނުން ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާ އެ ކުންފުނިން މާފުކޮށްދީފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ފެން މީޓަރުން ނަގަމުން އައި30 ރުފިޔާ މައާފްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނިންމެވުމެއްކަމަށެވެ. އެހެންކަމުން އިއްޔެއިން ފެށިގެން އެ ފީ ނުނަގާނެކަމަށް ސައީދު އިއްޔެ އައްޑޫގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ. ފެނަކައިން ބުނީ ފެން މީޓަރުން ނަގަމުން އައި30 ރުފިޔާ ނެގުން ހުއްޓާލުމަށް 2019 ވަނަ އަހަރުންފެށިގެން މަޝްވަރާކުރަމުން އައިސްފައިވާކަމަށެވެ.

އައްޑޫގެ ހުރިހާ އަވަހަށްކަށް ފެނުގެ ޚިދުމަތް ދެމުން އަންނަނީ ފެނަކައިންނެވެ.

ފެނަކައިން ފެން މީޓަރުންނަގަމުން އައި ފީ ކަނޑާލާފައިޥާއިރު، ފެނަކައިގެން އެމްޑީއާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ވެރިންގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް އައްޑޫއަށް ވަޑައިގެން ގެންދަވަނީ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެމުންނެވެ. ނަމަވެސް މިއީ ކައުންސިލް އިންތިޚާބު ކައިރިވުމުން ސަރުކާރުން ކުރައްވަމުން އަންނަ ކަމެއްކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.