ޢަލީ ޒައިދުގެ ރައްދު އިކްރާމަށް: ކުޅިވަރުގެ ޝަހުސިއްޔަތުންނަށްވެސް މިނިވަންކަން އޮންނަންވާނެ!

ޢަލީ ޒައިދުގެ ރައްދު އިކްރާމަށް: ކުޅިވަރުގެ ޝަހުސިއްޔަތުންނަށްވެސް މިނިވަންކަން އޮންނަންވާނެ!

Author
މުޙައްމަދު ޖިމީ
03 އޭޕްރިލް 2021 12:37
0

ކުޅިވަރުގެ ޝަހުސިއްޔަތުންނަށްވެސް މިނިވަންކަން އޮންނަންވާނެކަމަށާއި، އެމީހަކު ތާޢީދުކުރާ މީހަކު ހާމަކުރުމުން ފާޑުކިއުމަކީ ތަހުޒީބް ކަމެއް ނޫންކަމަށް ވިދާޅުވެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލީ ޒައިދު އިކްރާމަށް ރައްދު ދެއްވައިފިއެވެ.

ކުރިއަށް އޮތް ކައުންސިލް އޮންތިޚާބުގައި، ދިވެހި ޤައުމު އެމީހަކަށްޓަކައި އަބަދުވެސް ފަހުރުވެރިވާ ޤައުމީ ފުޓުބޯޅަ ޓިމުގެ ކެޕްޓަން އަލީ އަޝްފާޤު ޑރ.މުޢިއްޒުއަށް ތަޢީދުކުރައްވާކަން ހާމަކުރެއްވުމާއި ގުޅިގެން، އެމްޑީޕީގެ ބައެއް މެންބަރުން ގެންދަަވަނީ ޢަލީ އަޝްފާޤަށް ފަޑުވިދާޅުވަމުންނެވެ. އެގޮތުން ދިއްގަރު ދާއިރާގެ މެންބަރު އިކްްރާމް ޙަސަން ވަނީ އެއީ މުއިއްޒު ކޮށްފައިވާ ވަރަށް ދެރަވަރު ކަމެއްކަމަށާއި، އެކަމުން ދޭހަވަނީ ރާއްޖޭގެ ބަތަކުން ސިޔާސީ ކުރުމަށް ކުރާ މަސައްކަތް ކަމުގައި ވިދާޅުވެފައެވެ.

އިކްރާާމް އެހެން ވިދާޅުވެފައިވަނިކޮށް، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާލޫވީ ކުޅިވަރު ޝަހުދިއްޔަތުންނަށްވެސް މިނިވަންކަން އޮންނަންވާނެކަަމަށާއި، އިންތިޚާބެއް އޮންނައިރު އެމީހަކު ތަޢީދުކުރާނެ މީހަކު ހާމަކުރުަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ތާޢީދުކުޜާ މީހަކު ހާމަކުރުމުން އެކަމަށް ފަޑުކިޔުމަކީ ތަހުޒީބުކަމެއް ނޫންކަމަށްވެސް ޢަލީ ޒައިދު ވިދާޅުވިއެވެ.

ކުޅިވަރު ޝަހުސިއްޔަތުތަކަށްވެސް މިނިވަންކަން އޮންނަންވާނެ! އިންތިޚާބެއް އޮންނައިރު އޭގައި އެމީހަކު ތާޢީދުކުރާނެ މީހަކު ހާމަކުރުމަކީ އެއްވެސް މައްސަލައެއް ނޫން! އެ މިނިވަންކަން އޮންނަންޖެހޭނެ! ތަހުޒީބީ ކަމެއް ނޫން އެ މިނިވަންކަމަށް އަރައިގަނެ ފާޑުކިޔުމަކީ!

– ޢަލީ ޒައިދު

އަޝްފާޤު ޑރ،ުއިއްޒުއަށް ތާއީދު ކުރުމަށް ނިންމިކަން އިއުލާން ކޮށްފައިވަނީ ރޭގައެވެ. އަޝްފާޤުގެ ނިންމުމާއި ގުޅިގެން ޑރ.މުއިއްޒު ވަނީ އަޝްފާގަށް ޝުކުރު ދަންނަވާފައެވެ. އަދި އޭނާއަކީ ޤައުމު އެމީހަކަށްޓަކައި އަބަދިވެސް ފަހުރުވެރިވާ ޤައުމީ ބަލަތްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އަޝްފާޤް މުއިއްޒުއަށް ތާއީދު ކުރިކަން ހާމަކުރިއިރު، ބުރާސްފަތި ދުވަހުގެރޭ މާލެ ސިޓީއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އަނަސް އަބްދުއްސައްތާރާއި ރައީސް ނަޝީދުވެސް ވަނީ އަޝްފާޤާއި ބައްދަލުކޮށްފައެވެ. ނަމަވެސް އަޝްފާޤު އަނަސްއަށް ތާއީދު ކުރިކަމެއް އަދި އެފަދަ އިޝާރާތެއްވެސް ދީފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރޯޔަލް ރޭފާ
އަޑުބަރޭ މެޒޯ މޯޑް އަދިވެސްބައިވަރު ފަންނާނުން އެމްޑީޕީ އަށް ފާޅުގަ ތާއިދު ކުރޭ ސީދާ ގަނެގެން އަލިފާން ޖެހި އިއްޒައްތެރި 259k ގެ މުސާރަ ގަދަކަމުން ނަންގަވާ ރައިސް ގެ ކުށަކީ ކޮބާ
k kinboo
aduvarey gundaainge campaign thakufa ulheythee faadu nukiyanee keevve. mimeehun noon bayakah thaaeed kuraa meeheh viyyaa vee angain nubune hunnan. mineehunnah vejjeyya heyovaru. konq cahtharu hunnanee. civil service muvazzafunves memeehunge hurihaa siyaasee kamegga ulhen ehennoonee goyaamathaa hama ah vee hanu hunnan.
ބ ބަޗީ
ސިޔާސީ މަންފާ ހޯދުމަށް ރައްޔިތުން އަޅުވެތިކުރުމަކީ ގައުމެއްގައި ހިންގޭނެ އެންމެ ބޮޑު އެއް ޖަރީމާ.
ޓ ޓިނު
Kulhivaruge sahusiyyathun naai dheenee ilm verin siyasee kankamuga bas bune hadhan fashaifinama emeehunanah kuraa ihuthiraamu kudavegen higaidhaane Politics is derty game.