ޢަލީ ރަމީޒްގެ ތަޢީދުވެސް ޑރ.މުޢިއްޒު އަށް

ޢަލީ ރަމީޒްގެ ތަޢީދުވެސް ޑރ.މުޢިއްޒު އަށް

Author
މުޙައްމަދު ޖިމީ
03 އޭޕްރިލް 2021 10:56
0

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުއަށް ޢަލީ ރަމިޒުވެސް ތަޢީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.

ޢަލީ ރަމީޒް ވަނީ މާލޭގެ މޭޔަރުކަމަށް އެންމެ ރަނގަޅީ ޑރ.މުޢިއްޒުކަން ހާމަކުރައްވާފައެވެ. ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ އަދި ގިނަ ބައެއްގ ެމެދުގައި މަޤްބޫލް ޢަލީ ރަމީޒް، ޑރ.މުޢިއްޒުއަށް ތާޢީދުކުރައްވާކްނ ހާމަކުރެއްވުމުން ވަރަށް ގިނަ ބަޔަކު އަންނަނީ އެކަމަށް މަރުހަބާ ދަންނަވަމުންނެވެ. ޢަލީ ރަޒީމް ޑރ.މުޢިއްޒުއަށް ތަޢީދުކުރައްވާކަން ހާމަކުރެއްވުމުން ޑރ.މުޢިއްޒުވެސް ވަނީ ޢަލީ ރަމީޒަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

ޢަލީ ރަމީޒް ގެންދަވަނީ ދީނީ ގޮތުން ޢާންމުް ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ވަރަށް ގިނަ ބަޔަކު އަލީ ރަމީޒްގެ އެ މަސައްކަތް ބަލާގަނެއެވެ. މާާލޭގެ މޭޔަރުކަމަށް ޑރ.މުޢިއްޒުއަށް ތަޢީދުކުރައްވާކަން ޢަލީ ރަމީޒް ހާމަކުރައްވާފައިވާއިރު، ދިވެހި ޤައުމު އެމީހަކަށްޓަކައި އަބަދުވެސް ފަހުރުވެރިވާ ޤައުމީ ފުޓުބޯޅަ ޓިމުގެ ކެޕްޓަން އަލީ އަޝްފާޤުވެސް ވަނީ ޑރ.މުޢިއްޒުއަށް ތާޢީދުކުރައްވާކަން ހާމަކުރައްވާފައެވެ.

 

ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ޑރ.މުއިއްޒުއަށް މާލެ ސިޓީއަށް ނިސްބަތްވާ އިސްބޭފުޅުންނާއި، ޤައުމުގައި ނަންފެވޭ ގިނަ ބޭފުޅުން ދަނީ މުއިއްޒުއަށް ތާއީދު ކުރަމުންނެވެ. މިފަހަރުގެ އިންތިޚާބުމުގައި ސަރުކާރަށް އޮތް އެންމެބޮޑު ޗެލެންޖަކީވެސް ޑރ.މުއިއްޒުއެވެ. މުޅި ސަރުކާރުން ދަނީ ޑރ.މުއިއްޒުއަށް ކެނޑިނޭޅި އެންޓި ކެމްޕެއިންކޮށް، އިންތިޚާބު ކާމިޔާބު ވިޔަ ނުދިނުކަށް ކުރެވެން އޮތް ކަމެއް ކުރަމުންނެވެ.

ނަމަވެސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ކިތަންމެ އުދަގުލެއް ކުރިމަތި ކުރުވި ނަމަވެސް ރައްޔިތުންގެ ބޮޑު ތާއީދަކާއިއެކު މި އިންތިޚާބު ކާމިޔާބު ކުރާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.