އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެޔޮޅުކަމުގައި މާލެ ހިންގަން މިހާތަނަށް ދެއްކި މީހުން ކުރި ކަންކަން މާލޭ މީހުންނަށް އެނގޭކަމަށް ވިދާޅުވެ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ، ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.
މާލޭގެ މަގެއްގެ މަތީގައި ހޮޅިތަކެއް އަޅަމުންދާ މަންޒަރު ފެންނަ ފޮޓޯއަކާއެކު ރައީސް ނަޝީދު ވަނީ ވޯޓް ދެއްވުމުގައި ވިސްނެވުމަށް އެދިވަޑައިގެން، ޑރ.މުޢިއްޒުއަށް ފާޑުވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން މާލޭގެ މޭޔާރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވަނީ ރައީސް ނަޝީދުގެ ކެޔޮޅުކަމުގައި މާލެ ހިންގަން މިހާތަނަށް ދެއްކި މީހުން ކުރި ކަންކަން މާލޭ މީހުންނަށް އެނގޭކަމަށާއި، ރައީސް ނަޝީދަށް އެވާހަކަ ދެއްކެން ނެތްކަމަށެވެ. އަދި ރައީސް ނަޝީދު ގުދޯ ގުދޯ ގޮވަނީކަމަށް ވިދާޅުވެ ފާޑުވިދާޅުވިއެވެ.
މަނިކުފާނުގެ ކެޔޮޅުކަމުގައި މާލެ ހިންގަން މިހާތަނަށް ދެއްކި މީހުން ކުރި ކަންކަން މާލޭ މީހުންނަށް އެނގޭ! @MMuizzu ގެ ވާހަކަ ދެއްކެވޭކަށް މަނިކުފާނަކަށްވެސް ނެތް!
ތިޔަ ވިދާޅުވަނީ ގުދޯ ގުދޯ ނޫންތޯ؟ https://t.co/b2314ss67O— ????? ????? – ?? (@AlhanFahmy) April 2, 2021
ރައީސް ނަޝިދު ޑރ.މުޢިއްޒުއަށް ފަޑުވިދާލޫވެފައިވާއިރު، ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިންގަން ފެށުނީއްސުރެ މިހާތަނަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެމްޑީޕީ ކައުންސލް މާލޭގައި އޮންނަތާ11 އަހަރު ވީއިރުވެސް މާލޭގެ މައްސަލަތަކަށް ހައްލު ގެނެސްދެވިފައިނުވާކަމުގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ނަމަވެސް ޑރ.މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނަވައިގެން މާލޭގެ މަގުތަކުގައި ފުރަތަމަ ފަހަރަށް ތާރު އަޅުއްވާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އިތުރުން މާލޭގައި ހިތްފަސޭހަ ކޮށްލާނެ ތަންތަން ޤާއިމްކޮށް މާލޭގައި ޒަމާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ.
ކޮމެންޓު ފޮނުވާ