ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙުކޮށްދެއްވީ ކުމުންދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިއުއެސްސީގެ ޗެއާމަން އަޙުމަދު މައުސޫމާއޮ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހަޢީ މަކުނުދޫ ދާއިރާގެ މަޖިލީސް މެންބަރު މުޙައްމަދު ރާޢީ އާއި ކުމުންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ހުސައިންގެ އިތުރުން ކައުންސިލްގެ ނައިބު ރައީސް ހަސަން ހުސެން އާދަމްއެވެ.
މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުމުންދޫއަށްގެނެވި، ހޮޅިވަޅުލުމުގެ މަސައްކަތާއި އަދި ފެން ޕްލާންޓް ބެހެއްޓުމަށް ޢިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައްވެސް މިހާރު ކުރިއަށް ދާކަމަށް އެމްޑަބްލިއުއެސްސީ ބުނެއެވެ.
MP for Makunudhoo Constituency @Mraee12, Managing Director @hassanshaahu and Kumundhoo Council presient Ameen Mohamed groundbreaking HDh.Kumundhoo Water & Sewerage project, being undertaken by #TeamMWSC#MWSCAsaasee pic.twitter.com/3qNOXDCzJ1
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) April 2, 2021
މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 14 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ.
މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 10 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 2.4 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި 5 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާކަމަށްވެސް އެކުންފުނިން ބުނެއެވެ.
ކުމުންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން 22 މަސް ދުވަހުގެތެރޭ ނިންމުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢަށް ގާތްގަނޑަކަށް 102.2 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ލަފާކުރެއެވެ.
ކޮމެންޓު ފޮނުވާ