އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާ މަޝްރޫޢު ނިންމުން ފާހަގަކޮށްފި

އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާ މަޝްރޫޢު ނިންމުން ފާހަގަކޮށްފި

Author
ޢަލީ އާދަމް
02 އޭޕްރިލް 2021 06:58
0

އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާ މަޝްރޫޢުގެ މަސައްކަތް ނިންމުން ފާހަގަކޮށްފި އެވެ.

މި މަޝްރޫޢަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އަމަލީ މަސައްކަތް ނިންމާފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، 1,978 ގެއަށް ހޮޅި ގުޅައިދިނުމާއި، 33,522 ނަރުދަމާ ހޮޅި ވަޅުލުމާއި، 314 މޭންރޯލް ކޮނުމާއި، 8,595 ޕްރެޝަރ ހޮޅި ވަޅުލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މިއަދު އައްޑޫ ސިޓީ ފޭދޫގައި ބޭއްވި މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާއި، ޕްލޭނިންގް މިނިސްޓްރީގެ އިސްވެރިންނާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކުރީ 129.581 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.