އައްޑޫ ސިޓީ ހިތަދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ހިތަދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޖިމީ
02 އޭޕްރިލް 2021 09:31
0

އައްޑޫ ސިޓީ ހިތަދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ހިތަދޫ ބަނދަރު ތަރައްްީކުރުމަށް އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ބަނދަރުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި، އައްޑޫގެމޭޔަރު ޢަބްދުﷲ ޞާދިގްގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަރު ރަޝީއާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނަޒީލްއެވެ.

ހިތަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމަށް ޕްލޭނިން މިނިސްޓޤރީން ސޮއިކުރީ އިއްޔެއެވެ. މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލްގެ ދަށުންނެވެ.
ޖުމުލަ 52،433،444.84 (ފަންސާސް ދެ މިލިޔަން ހަތަރު ލައްލަ ސާޅީސް ހަތަރު ރުފިޔާ އަށްޑިހަ ހަތަރު ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫގެ މަސައްކަތް 2 އަހަރުދުވަހުގެ ތެރޭ ނިންމައި ޙަވާލުކުރަން ޖެހެއެވެ.

ނަމަވެސް ބަނދަރުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ އެއް އަހަރު ދުވަހަށްވުރެ މާ ކުރިން ބަނދަރުގެ މަސައްކަތް ނިންމާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އާޒިމް ވިދާލޫވީ މީގެ ކުރިން އެމްޓީސީސީން ބަނދަރެއްގެ މަސައްކަތް ނިންމަނީ ދެ އަހަރު ނުވަތަ ދޮޅު އަހަރުންކަމަށް ވީނަމަވެސް މިހާރު އެމްޓީސީސީން ބަނދަރެއްގެ މަސައްކަތް8 މަސް ދުވަހުގެ ތެރޭގައި ނިންމާކަމަށެވެ. އަދި މަސައކްަތް ކުރަނީ ސްޕީޑް އެއަށްވުރެ އަވަސް ކުރަންކަމަށާއި، ހިތަދޫ ބަނދަރަކީ އެކުންފުނިން ތަރައްޤީކުރާ އެންމެ ބޮޑު ބަނދަރަށް ވާނެކަމަށެވެ.

ހިތަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން 800 މީޓަރ ސޭންޑް ބްރޭކްވޯޓަރ އާއި 284 މީޓަރުގެ އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 57 މޫރިން ރިންގްސާއި 14 ބަނދަރު ބައްތިއާއި 1،420 ސްކެއަރ މިޓަރުގެ ޕޭވްމަންޓެއް ހެދުމަށް ނިންމާފައިވެއެވެ. ޕޭވްމަންޓްގައި ޑްރެއިން ޤާއިމް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި 2 ނެރުބައްތިއާއި މެދުދިޔައިގައި 3.5 މީޓަރު ހުންނަވަރަށް ބަނދަރުގެ ފަޅު ފުންކުރުމާއި 4.0 މީޓަރު ހުންނަވަރަށް ނެރު ފުންކުރަން ޖެހެއެވެ. ހިތަދޫގައި މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރަކީ ވަރަށް ދުވަސްވީ ބަނދަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.