މާލެ ސަރަހައްދުގެ ކެފޭ ރެސްޓޯރަންޓް އަދި ސައި ހޮޓާތައްފަދަ ކެއުންބުއިމުގެ ޚިދުތްދޭ ތަންތަން، ކުރިއަށް އޮތް ރަމަޟާން މަސް ފެށެންދެން މެންދަމު 1 ޖެހުމާއި ހަމައަށް ހުޅުވައިގެން ޚިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ޢާނމުކޮށްފައިވާ އިޢުލާންގައި ވަނީ ކެފޭ/ރެސްޓޯރަންޓު ނުވަތަ ކެއުންބުއިމުގެ ޚިދުމަތް ދޭ ތަންތަން ފަތިހު 4:30 އިން މެންދަމު އެކެއް ޖަހަންދެން ރޯދަ މަސް ފެށެންދެން މިހާރު ހުޅުވިފައި ބެހެއްޓޭނެކަމަށެވެ. ނަމަވެސް އެ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓުމަށް ސަރުކާރުން ހުއްދަ ދީފައި ވަނީ ކޮންމެ ދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާއި ދެމެދުގައެވެ. މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރިފައިވާތީ މިހާރު ކެފޭ/ރެސްޓޯރަންޓުތައް ހުޅުވިފައި ބެހެއްޓެނީ ރޭގަނޑު 10:30 ވަންދެންނެވެ. މިއަދު ގެނައި ބަދަލަކީ އާންމު އުސޫލުން ކުރިން ޚިދުމަތް ދެމުން އައި ގަޑިތަކެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ ކެއުންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑި އިތުރުކުރިޔަސް ކޯވިޑާ ގުޅިގެން އެޗްޕީއޭ އިން ހަދާފައިވާ ގައިޑްލައިނަށް އަމަލުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަސް ފެށޭނީ މި މަހުގެ 13 ވަނަ ދުވަހެވެ.
ކޮމެންޓު ފޮނުވާ