ދިވެހި އަސްކަރިއްޔާއާއި ބަންގްލަދޭޝްގެ އަސްކަރިއްޔާ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ދިވެހި އަސްކަރިއްޔާއާއި ބަންގްލަދޭޝްގެ އަސްކަރިއްޔާ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

Author
މުޙައްމަދު ޖިމީ
01 އޭޕްރިލް 2021 06:23
0

ދިވެހި އަސްކަރިއްޔާއަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން އަސްކަރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކުރައްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިހާރު ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުގެ ތެރެއިންނެވެ.

ބަންގްލަދޭޝްގެ އަސްރިއްޔާގެ އާރމީ ޗީފް އޮފް ސްޓާފް ޖެނެރަލް އަޒީޒް އައުމުގެ ދައުވަތަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް ގެ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެގައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އެގައުމުގެ އަސްކަރިއްޔާގެ ޝަހީދުންނަށް އިހުތިރާމް އަދާކުރެއްވުމުގެ ގޮތުން މިކަމަށް ޚާއްސަކޮށް ބޭއްވުނު ރަސްމިއްޔާތެއްގައި ބައިވެރިވަޑައިގެންނަވާފައެވެ.

މިއަށްފަހު ޗީފް އޮފް ޑިފެންސް ފޯރސްގެ ޝަރަފުގައި އެރުވުނު ގާރޑް އޮފް އޮނަރ އެއް އެމަނިކުފާނު ވަނީ އިންސްޕެކްޓްކޮށްދެއްވާފައެވެ. އަދި އެގައުމުގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް އަޒީޒް އަޙުމަދާއިއެކު ޗީފް އޮފް ޑިފެންސް ފޯރސް
ވަނީ ރަސްމީ ބައްދަލުވުން ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯރސް ވަނީ ބަންގްލަދޭޝްގެ 50 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހުރިއްޔާ،
ޑިފެންސް މިނިސްޓަރ އަދި ޗީފް އާއި އެންމެހާ ސިފައިގެ ނަމުގައި އަދާކުރެއްވިއެވެ.

މީގެ އިތުރުން ޒަމާނުއްސުރެ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުންތަކާއި އަދި އެގައުމުގެ އަސްކަރިއްޔާއިން ދިވެހިންނަށް ބޮޑެތި ދަތިތައް ދިމާވާ ކޮންމެ ފަހަރަކު ވެދެއްވާ ފުރިހަމަ އެހީތެރިކަމަށްޓަކައި ޝުކުރުއަދާ ކުރެއްވިއެވެ. މީގެ އިތުރުން، ދިވެހި އަސްކަރިއްޔާ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުގެ ފަރާތުން ކުރައްވާ މަސައްކަތްޕުޅުގައި އިތުރު ތަމްރީން ފުރުސަތުތަކާއި އަދި އެހެނިހެން ފަންނީ އެހީތެރިކަން ހޯދުމުގެ މަޝްވަރާތައް ކުރެއްވިއެވެ. ޖެނެރަލް އަޒީޒްގެ ވާހަކަ ފުޅުގައި، އެ ގައުމަކީ ދިވެހިރާއްޖެއާ ވަރަށް ޚާއްސަ ގުޅުމެއް އޮންނަ ގައުމެއްކަމާއި އަދި ދެގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެމްއެންޑީއެފް އަށް ބޭނުންވާ އަސްކަރީ އަދި ފަންނީ އެހީތެރިކަން ދެއްވުމުގައި ދެމިހުންނަވާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

އެއަށްފަހު، ބަންގްލަދޭޝްގެ ނޭވަލް ޗީފް އޮފް ސްޓާފް އެޑްމިރަލް އެމް. ޝަހީން އިގްބާލާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯރސްވަނީ ދެގުމުގެ ޒަމާންވީ ގުޅުމަށް އަލި އަޅުއްވާލައްވާ އެގައުމުގެ ނޭވީގެ ފަރާތުން ލިބޭ ތަމްރީން ފުރުސަތުތަކާއި އަދި ދިވެހިންނަށް ދިމާވާ ކާރިސާތަކުގައި ދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާ ކުރައްވާފައެވެ. އަދި ކުރިމަގުގައި ދިވެހިސިފައިންނަށް ބޭނުންވާ އިތުރުތަމްރީން ހޯދުމާއިބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.