ސަޢީދުގެ ރައްދު ސަރުކާރަށް: ފްލެޓް ދެވޭނީ ފްލެޓް އެޅިގެން ނޫންތޯ؟

ސަޢީދުގެ ރައްދު ސަރުކާރަށް: ފްލެޓް ދެވޭނީ ފްލެޓް އެޅިގެން ނޫންތޯ؟

Author
މުޙައްމަދު ޖިމީ
01 އޭޕްރިލް 2021 05:59
0

އެމްޑީޕީގެ ބޯހިޔާވަހިކަން ހަވާލުކޮށްފައިވަނީ އެމްއާރުއެމްއަށް ކަމަށް ބުނުމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެއްވެސް ސީރިއަސްކަމެއް ސަރުކާރުގެ ނެތްކަން ހާމަވާކަމެއްކަމަށް ވިދާޅުވެ ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ސަރުކާރަށް ރައްދު ދެއްވައިފިއެވެ.

ހުޅުމާލޭގެ ހިޔާ ފްލްޓް ލިބިފައިވާ މީހުންގެ ތެރެއިން ފަންނީ ކެޓަގަރީގެ މީހުން (ޑޮކްޓަރުން، ޓީޗަރުން، ނަރުހުން) ބޭނުން ނަމަ އެއަށްވުރެ ތަނަވަސް ފްލެޓްތަކަށް ބަދަލުވުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ސަޢީދު ވަނީ  ފްލެޓް ދެވޭނީ ފްލެޓް އެޅިގެންްނޫންތޯ ސުވާލުކުރައްވާފައެވެ. އަދި އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ފެއިލްވެފައިވާކަން ފާހަގަކުރައްވާ ސަޢީދު ވަނީ2019 އިން ފެށިގެން2021 ވަނަ އަހަރާއި ހަމައަށް ތިން އަހަރުގެ ބަޖެޓްގައިވެސް އެމްޑީޕީ ސަރުކާރުން ބޯހިޔާވަހިކަމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައަޅާފައި ނުވާކަަމަށްވެސް ވިދާޅުވެފައެވެ.

ފްލެޓް ދެވޭނީ ފްލެޓް އެޅިގެން ނޫންތޯ؟ އެމްޑީޕީގެ ބޯހިޔާވަހިކަން ވަނީ ފެއިލްވެފައި.

1- 2019،2020،2021ގެ ބަޖެޓްގައި އެމްޑީޕީ ސަރުކާރުން ބޯހިޔާވަހިކަމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައަޅާފައެއް ނެތް. ބާކީ އޮތީ2 އަހަރު؟'

2- އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަން ހަވާލުކޮށްފައިވަނީ އެމްއާރުއެމްއަށް ކަމަށް ބުނުމަކީ މިކަމުގައި އެއްވެސް ސީރިއަސްކަމެއް ނެތްކަން ދައްކާދޭ ސާފު އަދި އަލިގަދަ މިސާލެއް. އޮޅުވާނުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް.

– މުޙައްމަދު ސަޢީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7،000 ފްލެޓުގެ މަޝްރޫގައި ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ވެސް ހާއްސަ ކެޓަގަރީތައް ވަނީ ހިމަނައިފަ އެވެ ނަމަވެސް މިސަރުކާރުން މިހާރު ވަނީ އެމީހުންގެ ތެރެއިން ވަކި ފަންނެއް، ވަޒީފާއެއް ނުވަތަ ހާއްސަ މަގާމެއްގައި ހުރި މީހުންނަކީ ސޯޝަލް ހައުސިން ލިބެން ޖެހޭ ބައެއް ކަމަށް ކަނޑައެޅުމުގެ ބަދަލުގައި އާމްދަނީގެ ހާލަތަށް ބަލައި އެންމެ ހައްގުވެރިންނަށް ސޯޝަލް ހައުސިން ދިނުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.

ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެގޮތުން މިހާތަަނށް މިސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރުވެސް އެއްވެސް ހައުސިންގ މަޝްރޫޢުއެއް ފެށިފައި ނުވާކަމަށް ބުނެ ފަޑުކިއުން އަމާޒުވެފައިވެއެވެ. ނަމަވެސް މިސަރުކާރުން ވަނީ މި ދައުރުގެ ތެރޭގައި ވިއްސަކަށް ހާސް ހައުސިން ފްލެޓް އަޅާނެކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.