ހއ.ދިއްދޫގައި ޤާއިމްކޮށްފައިވާ ޕޯސްޓް އޮފީސް ހުޅުވައިފިއެވެ.
ރޭ ދިއްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިއްދޫ ޕޯސްޓް އޮފީސް ހުޅުއްވާދެއްވީ އެ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދުއެވެ. އެ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަފީޤް މުޙައްމަދާއި އެކުންފުނީގެ ޗެއާމަން މުޙައްމަދު ޢަބްދުﷲ ވެސް ބައިވެރިވެ ވަޑައިގަތެވެ.

ޕޯސްޓް އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަފީޤް މުޙައްމަދު ވިދާޅުވީ، މިއީ މޯލްޑިވްސް ޕޯސްޓުގެ ވިއުގަ ފުޅާކޮށް ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްކަމަށެވެ. ޒަމާނީ ބަދަލުތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕޯސްޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަތޮޅުތަކުގެ ޕޯސްޓު އޮފީސް ވިއުގަ ފުޅާވެގެން ދިއުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން ފަސޭހަތަކެއް ލިބި، ޚިދުމަތުގެ އިތުބާރާ ޔަގީންކަން ބޮޑުވެގެންދާނެ ކަމެއްކަމުގައި ޝަފީޤް ވިދާޅުވިއެވެ.
ރާއްޖޭގައި ފޯރުކޮށްދެމުންދާ ޕޯސްޓްގެ ޚިދުމަތަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް ފުޅާކޮށްފައިވާ، 114 އަހަރު ވެފައިވާ ޚިދުމަތެކެވެ. ރާއްޖޭގެ14 އަތޮޅެއްގައި އަންނަނީ ޕޯސްޓްގެ ޚިދުމަތްދެމުންނެވެ.
ކޮމެންޓު ފޮނުވާ