ކޯވިޑް-19އަށް ޓެސްޓް ކުރުމަށް ބޭނުންވާ އިތުރު ވަޞީލަތްތައް އަންނަ މަހު ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ތިމަރަފުށީ ހޮސްޕިޓަލާއިި ގުޅޭގޮތުން ސުވާލު ދެންނެވުމަށް މަޖިލީށް މިނިސްޓަރ ނަޞީމް ޙާޒިރުކޮށް މެންބަރުން ސުވާލު ދެންނެވުމަށް ހުޅުވާލި ފުރުޞަތުގައި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ކުރެއްވި ސުުވާލަކަމަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ ނަޞީމް ވިދާޅުވީ، ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވަމުން އަންނައިރު، 3،000 ސާމްޕަލް މިވަގުތުވެސް ނަތީޖާ ނުލިބި އެބަހުރިކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިހާރު ސާމްޕަލް ނަގަމުންދާ އަދަދަށް ބާލާއިރު އިތުރު ވަޞީލަތްތައް ބޭނުންވާކަމަށެވެ. އެގޮތުން ކޯވިޑަށް ޓެސްޓްކުރެވޭނެ އިތުރު ވަޞީލަތްތައް އަންނަ މަހު ލިބޭނެކަމަށާއި، އެ ވަޞީލަތްތައް ލިބުމުން އެ މައްސަލަތަކަށް ޙައްލު ލިބޭނެކަމަށެވެ.
ޓެސްޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަ. އެކަމާއި މީޓިންއެއްވެސް އިއްޔެ ބޭއްވި. 3000 ޓެސްޓް ހަދަން ހުރި އެއްޗެހީގެ ބެކްލޮގް ކްލިއާ ކުރެވޭނެ ގޮތެއް އަދި ނެތް. ދެ ދުވަހެއްގެ ތެރޭ އެކަމަށް ސޮލިއުޝަނެއް ލިބޭނެ
– ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް
މިނިސްޓަރގެ ވާހަކަފުޅުގައި އަތޮޅުތަކުގެ ކޯވިޑް-19 ކޭސްތައް މިވަގުތު އެންމެ ގިނައީ ޅ.އަތޮޅުގައިކަން ފާހަގަކުރައްވާ ވިދާޅުވީ، ޅ.ފެލިވަރު ކްލަސްޓާގެ ކޭސްތައް އެހެން އަތޮޅުތަކުންވެސް މިހާރު ފެންނަމުންދާކަމަށް މިނިސްޓަ ނަޞީމް ވިދާޅުވިއެވެ. ރާއްޖޭގައި މިވަގުތު ދުވާލަކު 5600 އަށްވުރެ ގިނަ ކޯވިޑް ޓެސްޓް ހެދުމުގެ ޤާބިލުކަން އެބަހުރިކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ