ބެލަރޫސް ކޮޅަށް ބެލްޖިއަމުން ލަނޑު ގޯންޏެއް

ބެލަރޫސް ކޮޅަށް ބެލްޖިއަމުން ލަނޑު ގޯންޏެއް

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2021 09:28
0

ވޯލްޑްކަޕް ކޮލިފައިންފައިންގެ ގްރޫޕް އީގައި ހިމެނޭ ބެލްޖިއަމް ބެލަރޫސް އަތުން 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

އަމިއްލަ ޤައުމުގައި ކުޅުނު މެޗުގައި ބެލްޖިއަމުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި ބެލްޖިއަމުގައި ހާންސް ވަނަކެންނާއި ލެއަންޑްރޯ ޓްރޮސާޑް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ބެލްޖިއަމުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ މިޝީ ބަޓްޝުއާއީ އާއި، ޖެރެމީ ޑޯކޫ އާއި، ޑެނިސް ޕްރައެޓް އަދި ކްރިސްޓިއަން ބެންޓެކޭއެވެ.

މި މެޗުން ފަސޭހަކަމާއެކު ބެލްޖިއަމް މޮޅުވިއިރު، ގްރޫޕް އީގެ އެއްވަނައިގައި އެ ޤައުމު އޮތީ ކުޅުނު ތިން މެޗުން ލިބު ހަތް ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ދެވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުގައި ދެން އޮތް ވޭލްސް އާއި ބެލަރޫސަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ބެލަރޫސް އަތުން ހޯދި ބޮޑު މޮޅާ އެކު ބެލްޖިއަމް ވަނީ ކޮލިފައިން ގްރޫޕް އީގެ އެއް ވަނަ އަށް އަރައިފަ އެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ ވޭލްސް އަތުން 1-0 އިން ބަލިވި ޗެކް ރިޕަބްލިކް އެވެ. އެ ޓީމަށް ތިން މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.