މިއަހަރުގެ މިހާތަނަށް 12 ބިލިއަން ރުފިޔާގެ މަޝްރޫޢު ވަނީ ޓެންޑަރ ކުރެވިފައި: އަމީރު

މިއަހަރުގެ މިހާތަނަށް 12 ބިލިއަން ރުފިޔާގެ މަޝްރޫޢު ވަނީ ޓެންޑަރ ކުރެވިފައި: އަމީރު

Author
މުޙައްމަދު ޖިމީ
30 މާރޗް 2021 10:59
0

މިއަހަރު ރާއްޖެއަށް 1.2 މިލިއަން ފަތަރުރުވެރިން އަންނާނެކަމަށް ލަފާކުރެވޭކަމަށާއި، ރާއްޖޭގެ އިޤްތިޞާދަށް މިހާރު ބޮޑު ކުރިއެރުމެއް އަންނަމުންދާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެމްޕެއިންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން ރާއްޖޭޣެ އިޤްތިޞާދު ހީނަރުވުމަށްފަހު، ވަރަށް ރަނގަޅަށް މިއަހަރު އަރައިގަނެވެމުން އަންނަކަމަށެވެ. އެގޮތުން މިދިޔަ އަހަރަށްވުރެ %34 އިގެ ކުރިއެރުމެއް ލިބޭނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މިއަހަރު 1،2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭކަމަށް ފާހަގަކުރައްވާ ވިދާޅުވީ، އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން ހިންގޭ ބޮޑެތި މަޝްރޫޢުތައް މިހާރު ކުރިއަށްދާކަމަށެވެ. އަދި ހުރިހާ ރަށަކަށް ވެފައިވާ ވަޢުދުތައް ރަނުން ރަނަށް ފުއްދާނެކަން މިނިސްޓަރ ތަކުރާރު ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ޓެންޑަރަށް ލާފައިވާމަށެވެ. އެގޮތުން2019 ވަނަ އަހަރު ޓެންޑަރ ބޯޑުން 6 ބިލިއަން ރުފިޔާގެ މަޝްރޫޢު ޓެންޑަރަށްލީކަމަށާއި، މިދިޔަ އަހަރު 3 ބިލިއަން ރުފިޔާގެ މަޝްރޫޢު ޓެންޑަރަށް ހުޅުވާލިކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް 12 ބިލިއަން ރުފިޔާގެ މަޝްރޫޢު ޓެންޑަރަށް ލާފައިވާކަމަށްވެސް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުވެސް ފިޗުން ރާއްޖޭ އިޤްތީޞާދު ހީނަރުކަމަށް ބުނެ، އަދި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ވަނީ "ސީސީސީ"ގެ ރޭޓިންއެއް ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.