ސިނޮފާމްގެ ދެވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފި

ސިނޮފާމްގެ ދެވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފި

Author
މުޙައްމަދު ޖިމީ
30 މާރޗް 2021 07:55
0

ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ސިނޮފާމް ވެކްސިންގެ ދެވަނަ ޝިޕްމަންޓް މިއަދު ރާއްޖެ ގެނެސްފިއެވެ.

ވެކްސިންގެ ދެވަނަ ޝިޕްމަންޓް ޜާއްޖެ ގެނެސްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގައެވެ. ސައިނޯފަމްގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނައީވެސް މޯލްޑިވިއަން އެވެ.

ޗައިނާއިން ވަނީ ރާއްޖެއަށް ސިނޮފާމްގެ 200،000 ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ. ރާއްޖޭގައިމިހާރު ދެމުން އަންނަނީވެސް ސިނޮފާމް ވެކްސިނެވެ.

ސިނޮފާމް ވެކްސިނަށް ރާއްޖޭގައި ހުއްދަ ދީފައިވަނީ މިމަހުގެ14 ވަނަ ދުވަހުއެވެ. އަދި ވެކްސިން ދޭން ފަށާފައިވަނީމިމަހުގެ22 ވަނަ ދުވަހުއެވެ. ސިނޮފާމް ވެކްސިން ދެމުން އަންނަނީ ޢުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށެވެ.

ރާއްޖޭގައި މިހާތަނަށް ވަނީ ތިން ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ޗައިނާގެ ސިނޮފާމް ވެކްސިނާއި، އިންޑިއާގެ ސީރަމް އިން އުފެއްދި އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ އިތުރުން އެމެރިކާގެ ފައިޒާ ވެކްސިނެވެ.

މިހާތަނަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 233،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.