ރާއްޖޭގެ މަސްރަޙުން މިހާރު ފެންނަމުންދާ ޑްރާމާއަކީ މާލޭގެ މޭޔަރުކަން އިދިކޮޅު ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެތީ، އެކަމާއި ލަދުން، ރެކުމަށް ކުޅޭ ޑްރާމާއެއްކަމަށް ހެންވޭޜު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މާލެ ސިޓީ ކައުންސިލްގެ ކުރީގެމެންބަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއަށް ތާޢީދުކުރައްވަން ނިންމަވާ، ރުކުމާ ގެންދަވަނީ ކެމްޕެިންގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ދޮރުން ދޮރަށްވެސް ޑރ.މުޢިއްޒުގެ އަރިހުގައި ވަޑައިގަންނަވައެވެ.
ރުކުމާ ވިދާޅުވީ، މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފެންނަމުން މިދާ ޑްރާމާއަކީ ޑރ. މުއިއްޒު މާލޭގެ މޭޔަރުކަން ބޮޑު ތަފާތަކުން ކާމިޔާބު ކުރާނޭ ކަން ޝައްކެއް ނެތް މިންވަރަށް ޔަގީންވުމުން އެ ލަދުން ރެކުމަށް ކުޅޭ ޑްރާމާއެއްކަމަށެވެ.
ވޯޓްލާ އާބާދީގެ 50% އޭ ބުނުމަކުން ދޮގަކަށް ނުވާނެ، އާއިލާތަށް ގުޅި ލާމެހިފައިވާ ނިސްބަތައް ބަލާއިރު. @MMuizzu #votemuizzuformayor #muizzuformayor
— ރުކުމާ (@RukumaA) March 30, 2021
ޑރ.މުޢިއްޒުއަށް ތާޢީދުކުރަން ނިންމަވާ ކެމްޕެއިންގައި ރުކުމާ ބައިވެރިވެވަޑައިގަންވަމުން ގެންދަވާއިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުންނާއި، އާންމު ގިނަ މެންބަރުތަކެއްވެސް ޑރ.މުޢިއްޒުއަށް ތަޢީދުކުރާކަން ވަނީ ހާމަކޮށްފައެވެ.
އެމްޑީޕީގެ ފިޔަވަޅު އަަޅާ ކޮމިޓީގެކުރީގެ ނާއިބު ފުރަހަނި ޝުޢައިބުވެސް ގެންދަވަނީ ޑރ.މުޢިއްޒުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ މަހުގެ 10 ގައެވެ. އިންތިޚާބު މިހާ ކައިރިވެފައި ވަނިކޮށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެންދަވަނީ މިސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން މިސަރުކާރަކީ ވައްކަން ކުރާ ސަރުކާރެއްކަމަށާއި، ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީން ނޯންނާނެކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ސަރުކާރަށް ފަޑުވިދާޅުވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ގެންދަވަނީ މިއީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވާނެކަން ޔަޤީންވާތީ، އެމްޑީޕީން ސިޔާސީ މަސްރަހުގައި ކުޅޭ ޑްރާމާއެއްކަމށް ސިފަކުރަމުންނެވެ.
ކޮމެންޓު ފޮނުވާ